މަންދޫބުންގެ މަސައްކަތް 19:10 - ކިތާބުލް މުޤައްދަސާ10 ޕައުލް މި ގޮތަށް ދެ އަހަރު ދުވަސް ވަންދެން އެތާނގައި މީސްތަކުންނަށް ކިޔަވާދެމުން ގެންދިޔައެވެ. އެހެންކަމުން މުޅި އޭޝިޔާގެ ސަރަހައްދުގެ ބަނީއިސްރާއީލު މީހުންނަށާއި އަދި ގުރީކު މީހުންނަށް ވެސް މާތްސާހިބާ އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރުފުޅު އިވުނެވެ. အခန်းကိုကြည့်ပါ။ |
ދެން ޕައުލް ދިޔައީ އެ ރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒަށެވެ. އެތާނގައި ޕައުލް ތިން މަސްދުވަސް ވަންދެން ވަރަށް ކެރިގެން ކިޔަވާދެމުން ދިޔައެވެ. ޕައުލް ބަނީއިސްރާއީލު މީހުންނާއި ވާހަކަ ދައްކާ ބަހުސްކޮށް، މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު، އޭނާ ކިޔަވާދެމުން ދިޔަ ބަސްތައް އެމީހުންނަށް ސާފުކޮށް އޮޅުންފިލުވާދިނެވެ.
އަހަރެމެންނަކީ ޕަރުތިޔާ އާއި، މާދީ އާއި، އެލާމު އާއި، މެސޮޕޮޓޭމިއާ އާއި، ޖުދެއާ އާއި، ކައްޕަދޯސިޔާ އާއި، ޕޮންތުސް އާއި، އޭޝިޔާ އާއި، ފަރީޖިޔާ އާއި، ޕަންފީލިޔާ އާއި، މިޞްރާއި، ލީބިޔާގެ ޒައިރީން އާއި، ރޯމު ކަރައިގެ ބަނީއިސްރާއީލު މީހުންނާއި އަދި އާ ބަނީއިސްރާއީލުންނާއި، ކުރޭތު އާއި އަރަބި ކަރާގެ މީހުން. އެކަމަކު މާތްރަސްކަލާނގެ ކުރައްވާފައިވާ މަތިވެރި ކަންތައްތަކުގެ ވާހަކަ އެމީހުން ދައްކާ އަޑު އަހަރެމެންނަށް މި އިވެނީ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން.“
ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”މިނިވަން ފިރިހެނުން“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.
މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.
މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.