Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 19:1 - ކިތާބުލް މުޤައްދަސާ

1 އަކޭޔާގެ ކޮރިންތުގައި އަޕޯލޮސް ވީދުވަސް ވަރު، ޕައުލް ފަރީޖިޔާ އާއި ގަލާތިޔާގެ ހިސާބުތަކުގައި ދިގު ދަތުރެއް ކުރަމުން ދިޔައެވެ. އެހެން ދަތުރުކުރަމުން ގޮސް ޕައުލް އެފޭސުސްއަށް ވެސް ދިޔައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާ ޕައުލްއާއި ބައްދަލުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 19:1
16 ပူးပေါင်းရင်းမြစ်များ  

މިއަށް ފަހު ޕައުލް އަތެންސްއިން ފުރައިގެން ކޮރިންތުއަށް ދިޔައެވެ.


މި ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި މީހާގެ ނަމަކީ ކުރިސްޕުސް އެވެ. އޭނާ އާއި އޭނާގެ ގޭގެ އެންމެން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ. އަދި މީގެ އިތުރުން ވެސް ކޮރިންތުގެ އެތައް ބަޔަކު މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަހާ ގަބޫލުކޮށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ.


މި ކަންތަކުގެ ޚަބަރު މުޅި އެފޭސުސް ތެރޭ ވަރަށް އަވަހަށް ފެތުރި ބަނީއިސްރާއީލު މީހުންނަށާ އަދި އެހެން މީހުންނަށް ވެސް މިކަންތައްތައް އެނގުނެވެ. އަދި ހުރުމަތާއި ބިރު މުޅި ރަށުތެރޭގައި ފެތުރި އެންމެން ވެސް އީސާގެފާނުގެ ނަންފުޅަށް ޙުރުމަތްތެރިކޮށް ހިތަންފެށިއެވެ.


ތިޔަ އެންމެންނަށް ވެސް އަޑު އިވި އެނގިފައި ވާނޭ ފަދައިން މި ޕައުލް އޭ ކިޔުނު މީހާ އެންމެން ކާރީ ބުނަމުން އެދަނީ އަތުން ހަދާފައިވާ ކަލާނގެތަކަކީ ކަލާނގެއެއް ނޫން ކަމުގައޭ. އަދި މި ކަންތައްތައް މި ފަދައިން ވަމުން ދަނީ ހަމައެކަނި އެފޭސުސްއަކު ނޫނޭ. މުޅި މި ސަރަހައްދުގައި ވެސް މި ކަންތައްތައް މި ފަދައިން ފެތުރެމުން އެބަދެއޭ.


ޕައުލް ގަސްތު ކުރީ މި ފަހަރު އެފޭސުސްއަށް ނުދިއުމަށެވެ. އެއީ އިތުރަށް އޭޝިޔާގައި ދުވަސް ހޭދަ ނުކުރަން ވެގެންނެވެ. ޕައުލް ޖެރޫސަލަމަށް އެނބުރި އައުމަށް ވަނީ ނުތަނަވަސް ވެފައެވެ. އެއީ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރަންވާ އިރަށް ޖެރޫސަލަމަށް އާދެވޭތޯއެވެ.


އެމީހުން އައުމުން ޕައުލް އެމީހުންނާއި މުޚާޠަބު ކޮށް ބުންޏެވެ. ”⁠އަހަރެން ފުރަތަމަ އޭޝިޔާގެ ސަރަހައްދަށް އައި ދުވަހުން ފެށިގެން ކަލޭމެންގެ ގާތުގައި މިވީހާދުވަހު، އަހަރެން ކަންކުރަމުންއައި ގޮތް ކަލޭމެން ވެސް ރަނގަޅަށް ދަންނާނެ.


(އެމީހުން މިހެން ބުނިކަމަކީ އެފޭސުސްގެ މީހެއް ކަމުގައިވާ ތުރޯފިމުސް ޕައުލްއާއި އެކުގައި ރަށުތެރެއިން އެމީހުންނަށް ވަނީ ފެނިފައެވެ. އަދި އެމީހުން ހީކުރީ ޕައުލް ބައިތުލް މަޤްދިސްއަށް އައީ އޭނާ ގޮވައިގެން ކަމުގައެވެ.)


މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ