Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 18:9 - ކިތާބުލް މުޤައްދަސާ

9 އެއް ރެއަކު ޕައުލްއަށް ހުވަފެނެއް ފަދައިން ފެނުނެވެ. އޭނާއަށް ފެނުނީ މާތްސާހިބާ އީސާގެފާނު މި ފަދައިން ވިދާޅުވި ތަނެވެ. ”⁠ބިރުގަނެ ޖެހިލުންނުވޭ. އަދި ހުއްޓާނުލާ މީސްތަކުންނަށް އަންގައިދެމުން ދޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 18:9
17 ပူးပေါင်းရင်းမြစ်များ  

އެ ރަށަށް އާދެވުނު ރޭ ޕައުލްއަށް ހުވަފެނެއް ފަދަ ގޮތެއްގައި ފެނުނީ މެސެޑޯނިޔާގެ މީހަކު އައިސް އާދޭހާއިއެކު މިފަދައިން އެދި ބުނިތަނެވެ. ”⁠މެސެޑޯނިޔާއަށް އައިސް އަހަރެމެންނަށް އެހީވޭ.⁠“


ތިމަންކަލޭގެފާނު މި ވަނީ ކަލެއާއި އެކުގަ. އެއްވެސް މީހަކަށް ކަލެއަކަށް ގެއްލުމެއް ނުދެވޭނެ. އެއީ ތިމަންކަލޭގެފާނުގެ މީހުން ކަމުގައިވާނެ އެތައް ބަޔަކު ވެސް މި ރަށުގައި ވޭ.⁠“


މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.⁠“


ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ފެނުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”⁠އަނާނިޔާހު.⁠“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ މިއީ އަޅުގަނޑު.⁠“


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ