މަންދޫބުންގެ މަސައްކަތް 18:6 - ކިތާބުލް މުޤައްދަސާ6 ނަމަވެސް އެމީހުން ޕައުލްގެ ވާހަކަތަކާއި ދެކޮޅުހަދާ އޭނާއާއި ދިމާލަށް ނަހަމަ އެއްޗެތި ކިޔާ ހެދުމުން ޕައުލް އެމީހުން ދޫކޮށްލި ކަން ހާމަކުރުމުގެ ގޮތުން އޭނާގެ ހެދުމުން ހިރަފުސް ފޮޅާލާފައި އެމީހުންނަށް ބުންޏެވެ. ”ކަލޭމެންނަށް މާތްރަސްކަލާނގެ ދެއްވި ދިންނެވުން ނުލިބުނީ ނަމަ އެއީ ކަލޭމެންގެ އަމިއްލަ ކުށް. އަހަރެންނަށް އެ ކަމާމެދު ކުރެވެން އޮތް ވަރަކަށް އަހަރެން މަސައްކަތް ކޮށްފީން. މީގެ ފަހުން އަހަރެން މި ދިންނެވުމުގެ ވާހަކަތައް އަންގައިދިނުމަށް ދާނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް އެކަނި.“ အခန်းကိုကြည့်ပါ။ |
އަދި ދީނީ މަރުކަޒުތަކުގައި އޭގެ ތެރެއިން އެތައް ބަޔެއްގެ ގައިގައި ހަންމުށިން ތެޅުމަށް ވެސް އެންގިން. އަދި އެ ގޮތުން އެމީހުން ލައްވާ އީސާގެފާނާއި ދެކޮޅަށް ވާހަކަ ދައްކުވަން އަޅުގަނޑު މަސައްކަތް ކުރީން. އަޅުގަނޑު އެމީހުންނަށް ކުރާ ނަފްރަތުގެ ބޮޑުކަމުން އީސާގެފާނަށް އީމާންވާ މީހުން ހޯދާ އެމީހުންނަށް އަދަބު ދިނުމަށް އެހެން ރަށްރަށަށް ވެސް ދިޔައިން.“
އަޅުގަނޑު މި ކަންތަކުގެ ޚަބަރު ފުރަތަމަ ދިނީ ދިމިޝްޤުގެ މީހުންނަށް. ދެން އެއަށް ފަހު އަޅުގަނޑު ދިޔައީ ޖެރޫސަލަމަށާ އަދި މުޅި ޖުދެއާ ކަރާގެތެރެއަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. އަޅުގަނޑު އެމީހުން ގާތުގާ ބުނީ ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމަށް، އަދި އެމީހުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަން އެމީހުން ކުރާ ހުރިހާ އަމަލުތަކަކުން ވެސް ދެއްކުމަށް.
އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.