Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 18:28 - ކިތާބުލް މުޤައްދަސާ

28 އަޕޯލޮސް އެންމެންގެ ކުރިމަތީގައި އެ ރަށުގައި ވީ ބަނީއިސްރާއީލު މީހުންނާ ބަހުސްކޮށް، މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައި އެކަލާނގެ ބަސްފުޅުތައް ބޭނުންކޮށް އީސާގެފާނަކީ މާތްރަސްކަލާނގެ ކަނޑަ އަޅުއްވާ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަން ހާމަ ކޮށްދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 18:28
12 ပူးပေါင်းရင်းမြစ်များ  

ދުވަސްތައް ވޭތިވެ ޔަޙުޔާގެފާނު ބޮޑުފުޅުވިއެވެ. މާތްރޫޙުފުޅު ޔަޙުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުނގަންނައި ދެއްވިއެވެ. ޔަޙުޔާގެފާނު ބޮޑުފުޅު ވުމަށް ފަހު، އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ. ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެ ތެރޭގައި ފާޅުގައި މާތްރަސްކަލާނގެ އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ.


ދެން މޫސާގެފާނުން ފެށިގެން ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް އެބޭކަލުންގެ ފޮތްތަކުގައި އީސާގެފާނާއި ބެހޭގޮތުން ލިޔުއްވާފައިވާ ހުރިހާ އެއްޗެއް އީސާގެފާނު އެމީހުންނަށް ތަފްސީލު ކޮށް ކިޔާދެއްވިއެވެ.


ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“


ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެން ވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން.


އަދި އަޕޯލޮސްއަށް އީސާގެފާނާއި މެދު ވެސް ފުދޭވަރަކަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އެކަލޭގެފާނާއި ބެހޭ ގޮތުން މީނާ މީސްތަކުންނާއި ޖޯޝާއި ފޯރިޔާއި އެކު ވާހަކަ ދައްކަމުން ގެންދިޔައެވެ. ނަމަވެސް އޭނާއަށް އީސާގެފާނާއި ބެހޭ ގޮތުން އެނގިފައި ވަނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވާލެއްވި ގޮވާލެއްވުމާ ބެހޭ ގޮތުން އެކަންޏެވެ.


ދެން ސިލާހު އާއި ތިމޮތީ މެސެޑޯނިޔާއިން އެރަށަށް އައެވެ. ޕައުލް ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދިޔައީ ބަނީއިސްރާއީލު މީހުންނަށް އީސާގެފާނަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙު ކަން އަންގައިދީ ހާމަކޮށް ދިނުމުގައެވެ.


ދެން ފިލިޕު ހަމަ އޭނާ އެކީ އާޔަތްތަކުން ފަށައިގެން އަދި ވެސް އެހެން އާޔަތްތައް ވެސް ކިޔާދީ އޭނާ އަށް އެބޭކަލަކީ އީސާގެފާނު ކަން ހާމަކޮށްދީ އަދި އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އަދި އެކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދިނެވެ.


ނަމަވެސް ޝާއުލް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދިނުމުގައި ހަރުދަނާ ކަމާއެކު ކުރިއަށް ދިޔައެވެ. އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙުކަން ހާމަކޮށްދިނުމަށް އޭނާ ދައްކަމުން ދިޔަ ހެކިތަކުގެ ސާބިތުކަމާއި ތެދުކަމުގެ ސަބަބުން ދިމިޝްޤުގައި އުޅުނު ބަނީއިސްރާއީލު މީހުންނަކަށް އެކަމާ ދެކޮޅަށް ދައްކާނެ ހެއްކެއް ބުނާނެ ބަހެއް ނޭނގުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ