Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 18:23 - ކިތާބުލް މުޤައްދަސާ

23 އެ ރަށުގައި ދުވަސްކޮޅަކު މަޑު ކުރުމަށް ފަހު ޕައުލް ގަލާތިޔާއާއި ފަރީޖިޔާގެ ސަރަހައްދުގެ ތެރެއިން ލާފައި ދަތުރުކޮށް އެ ސަރަހައްދުގެ ރަށްތަކުގައިވާ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ހިތްވަރު ދެމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 18:23
22 ပူးပေါင်းရင်းမြစ်များ  

އަޅުގަނޑު ވެސް މިކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ހޯދާ ބަލައިފީމެވެ. ވީމާ މިހުރިހާ ކަމެއް ހިނގާދިޔަގޮތް ތަރުތީބުން ލިޔެ ތިޔަބޭފުޅާގެ ފަރާތްޕުޅަށް ފޮނުވުން އެއީ އަޅުގަނޑު ދެކެނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ.


ނަމަވެސް އަހަރެން ކަލެއަށްޓަކައި ދުޢާކޮށްފީން. އެއީ ކަލޭގެ އީމާންކަން ނެތިގެން ނުދިއުމަށް އެދި. ކަލޭ ތައުބާވެ އަލުން އަހަރެންގެ ކިބައަށް އެނބުރުމަށް ފަހު ކަލޭގެ އެހެން އަޚުންނަށް އީމާންކަން މަތީ ދެމިތިބުމަށް ހިތްވަރު ދީ.⁠“


އެކަލޭގެފާނުގެ އަރިހަށް އެވަގުތު މަލާއިކަތަކު ވަޑައިގެން އެކަލޭގެފާނަށް ހިތްވަރު ދެއްވިއެވެ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


ބަރުސައްބާސް އާއި ސިލާހު އަކީ ދެ ނަބީބޭކަލުން ވެސްމެއެވެ. އެހެން ކަމުން އެމީހުން އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް ހިތްވަރާއި ބާރު ލިބޭނެ ފަދަ ބަސްތަކުން އެމީހުންނާއި ވަރަށް ގިނައިރު ވާހަކަދައްކާ ހެދިއެވެ.


ދެން ޕައުލް ސިލާހު އާއިއެކު ސޫރިޔާ އާއި ސިލީސިޔާގެ ހިސާބުތަކުގައި ދަތުރުކޮށް އެތަންތާގައި ހުރި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކަށް ހިތްވަރު ދީ ބާރުދެމުން ގެންދިޔައެވެ.


ޕައުލް އާއި ސިލާހު ޖަލުން ނުކުމެގެން ދިޔައީ ލީދިޔާގެ ގެއަށެވެ. އެގޭގައި އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދެއްކުމަށް ފަހު އެމީހުން އެ ރަށުން ފުރިއެވެ.


ޕައުލް އާއި އޭނާގެ އެކުވެރިން ފަރީޖިޔާއާއި ގަލާތިޔާގެ ސަރަހައްދުގެ ތެރެއިން ދަތުރުކޮށް ދިޔައެވެ. އެއީ މާތްރޫޙުފުޅު އެމީހުންނަށް އޭޝިޔާގެ ހިސާބުތަކުގައި ދިންނެވުމުގެ ޚަބަރުފުޅު ދިނުމަށް ހުއްދަ ނުދެއްވުމުންނެވެ.


އަކޭޔާގެ ކޮރިންތުގައި އަޕޯލޮސް ވީދުވަސް ވަރު، ޕައުލް ފަރީޖިޔާ އާއި ގަލާތިޔާގެ ހިސާބުތަކުގައި ދިގު ދަތުރެއް ކުރަމުން ދިޔައެވެ. އެހެން ދަތުރުކުރަމުން ގޮސް ޕައުލް އެފޭސުސްއަށް ވެސް ދިޔައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާ ޕައުލްއާއި ބައްދަލުވިއެވެ.


މިސިޓީ މިފޮނުވަނީ އަހަރެން ޕައުލްގެ ފަރާތުންނާއި އަދި އަހަރެންނާއި އެކުގައިވާ އީސާގެފާނަށް އީމާންވެތިބި އެންމެންގެ ފަރާތުންނެވެ. ގަލާތިޔާގެ އީސާގެފާނަށް އީމާންވެ ތިބި މީހުންގެ ޖަމާޢަތަށް ވެދުން ސަލާމް ފޮނުވާ ލިޔަމެވެ. އަހަރެމެންގެ ބައްޕާފުޅު މަތިވެރި މާތްރަސްކަލާނގެއާއި މާތްސާހިބާ އީސާ އަލްމަސީޙު ކަލޭމެންނަށް ނިޢުމަތް ދެއްވައި ހިތްހަމަ ޖެހުން ދެއްވާށިއެވެ.


އަހަރެން މިބަސް ތަކުރާރުކޮށް އަނެއްކާވެސް ބުނަމެވެ. ކަލޭމެން ގަބޫލުކުރި ހެޔޮޚަބަރުފުޅު ފިޔަވާ އެހެން އެއްވެސް މަގެއް ކަލޭމެންނަށް ދައްކަން އުޅެފި މީހަކަށް މާތްރަސްކަލާނގެ އެކަމުގެ ސަޒާ ނަރަކައިގައި ދެއްވާފާ ހުއްޓެވެ.


އަހަރެން އޭރު ބަލިވެ އުޅުމުގެ ސަބަބުން ކަލޭމެންނަށް އެތައް އުނދަގުލެއް ކުރިމަތިވީ ނަމަވެސް ކަލޭމެން އަހަރެންނަށް ދެރަކޮށްނެއް ނުހިތައެވެ. އަދި އަހަރެން ކަލޭމެންގެ ގާތުން ފޮނުވައެއް ވެސް ނުލައެވެ. އޭގެ ބަދަލުގަ ކަލޭމެން އަހަރެންނަށް ހެޔޮކޮން ހިތައި، ސުވަރުގެއިން ވަޑައިގަތް މަލާއިކަތެއް ފަދައިން ކަންތައް ކުރިއެވެ. އަދި ކޮބައިހެއްޔެވެ؟ ޚުދު އީސާގެފާނަށް ހިތާނެ ފަދައިން ކަލޭމެން އަހަންނަށް ކަމޭހިތި އެވެ.


އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.


އެހެންވީމާ، މިބަސްތަކުން އެކަކު އަނެކަކަށް ހިތްވަރު ދޭށެވެ.


އަޚުންނާއި އުޚުތުންނޭވެ! ކަންނެތް ކަމުގައި ތިބި މީސްތަކުންނަށް އިންޒާރު ދިނުމަށް ތިޔަބައިމީހުންނަށް އާދޭސްކޮށް އަހަރެން ބުނަމެވެ. ބިރުވެތި ކަމުގައި ތިބި ފަރާތްތަކަށް ހިތްވަރު ދޭށެވެ. ބަލިކަށި ފަރާތްތަކާއިމެދު އަޅާލުން ބަހައްޓައި އެހީތެރިވެ ދޭށެވެ. ހުރިހާ އެންމެންނާއި މެދު ކެތްތެރިވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ