Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 18:22 - ކިތާބުލް މުޤައްދަސާ

22 ދެން ޕައުލް ދަތުރުކޮށް ކައިސަރިޔާއަށް ގޮސް ޖެރޫސަލަމަށް ދިޔައެވެ. ދެން އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންނާ ބައްދަލު ކުރިއެވެ. އެއަށް ފަހު ޕައުލް ދަތުރުކޮށް ދިޔައީ ސޫރިޔާގެ އަންތީޔޮކުއަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 18:22
16 ပူးပေါင်းရင်းမြစ်များ  

ރޯމުގެ ސިފައިންގެ އޮފިސަރެއް ކަމުގައިވާ ކޮރުނޭލިޔުސް އޭ ކިޔުނު މީހަކު ކައިސަރިޔާގައި އުޅުނެވެ. މީނާއަކީ އިޓަލީގެ ސިފައިންގެ ސެކްޝަން ގެ ވެރިއެކެވެ.


އަނެއްދުވަހު އެމީހުންނަށް ކައިސަރިޔާއަށް އާދެވިއްޖެއެވެ. އޭރު ކޮރުނޭލިޔުސް އެމީހުންގެ އިންތިޒާރުގައި ހުއްޓެވެ. އަދި އޭނާގެ ހުރިހާ ތިމާގެ މީހުންނަށާއި އަދި ގާތް ރަޙުމަތްތެރިންނަށް ވެސް އޭނާ އޭނާގެ ގެއަށް ދައުވަތު ދީ ގެނައެވެ.


ހަމަ އެވަގުތު ކައިސަރިޔާ އިން އަހަރެން ބަލާ އައި ތިން މީހުން އެގޭގެ ކުރިމައްޗަށް އައި.


އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.


ދެން އެ ރަށުން އޮޑިއެއްގައި ދަތުރުކޮށް އެމީހުން ދިޔައީ ސޫރިޔާގެ އަންތީޔޮކުއަށެވެ. މި ރަށަކީ އެމީހުން އެ މަސައްކަތެއް ކޮށް ނިންމާފައި އެއާ މަސައްކަތް އެމީހުންނާއި ހަވާލުކޮށް މާތްރަސްކަލާނގެ އެހީފުޅުގެ ދަށުން އެމީހުން އެ މަސައްކަތުގެ ދަތުރަށް ފެށި ރަށެވެ.


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


ދެން އެމީހުން ޖެރޫސަލަމުން ފުރައިގެން އަންތީޔޮކުއަށް ގޮސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ އެންމެން އެއްކޮށް އެ ސިޓީ އެމީހުންނާއި ހަވާލު ކުރިއެވެ.


ޕައުލްއާއި ބަރުނައްބާސް އަންތީޔޮކުގައި އިތުރަށް ދުވަސްކޮޅަކު މަޑު ކުރިއެވެ. އަދި އެ ރަށުގައި އެހެން ވެސް އެތައް ބަޔަކާއިއެކު މީސްތަކުންނަށް މާތްސާހިބާ ދެއްވި ހެޔޮޚަބަރުފުޅު އަންގައިދީ ފާޅުކުރަމުން ގެންދިޔައެވެ.


އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ.


ދެން ކޮމާންޑަރު އޭނާގެ ދެ އޮފިސަރުންނަށް ވިދާޅުވިއެވެ. ”⁠ދުއިސައްތަ ސިފައިން ކައިސަރިޔާއަށް ދިއުމަށް ހަމަމިހާރު ތައްޔާރު ކުރޭ. އަދި އެމީހުންނާއި އެކު ހަތްދިހަ އަހުގެ ސިފައިންނާއި އަދި ދުއިސައްތަ ފަހުލަވާނުން ވެސް ދާން ޖެހޭނެ. އެމީހުން މިރޭގެ ނުވައެއްޖަހާއިރު މި ރަށުން ފުރަން ޖެހޭނެ.


ފެސްތުސް ކައިސަރިޔާއަށް ވަޑައިގެން ގަވަރުނަރުކަމަށް އިސްކުރެވުނު ތާ ތިންވަނައަށް ވީ ދުވަހު އޭނާ ކައިސަރިޔާއިން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


ފެސްތުސް ވެސް ބަނީއިސްރާއީލު މީހުންގެ ރުހުން ހޯދުމުގެ ގޮތުން ޕައުލްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ކުރިމަތީގައި މި ކަންތައްތަކުގެ ޝަރީއަތް ބެލުމަށް ޖެރޫސަލަމަށް ދިއުމަށް ކަލޭ ގަބޫލު ތަ؟⁠“


އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ