Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 18:21 - ކިތާބުލް މުޤައްދަސާ

21 ނަމަވެސް އޭނާ އެމީހުންނާ ހިތްހެޔޮކޮށް ދިއުމުގެ ކުރިން ބުންޏެވެ. ”⁠އެއީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ގޮތްނަމަ އަހަރެން އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނަން.⁠“ ދެން ޕައުލް އެފޭސުސްއިން ފުރައިގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 18:21
28 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ އެކަލޭގެފާނުގެ މޫނުފުޅު ބިންމަތީގައި ޖައްސަވާ ދުޢާ ކުރެއްވިއެވެ. ”⁠ބައްޕާފުޅާ! ބައްޕާފުޅު އެދިވޮޑިގެންވާ ކަމެއް ކަމުގައި ވަނީނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވާ. ނަމަވެސް އަޅުގަނޑު އެދޭ ފަދަޔަކުން ނޫން. އެހެނަސް ބައްޕާފުޅު އެދިވޮޑިގަންނަވާ ފަދައިން.⁠“


މީސްތަކުންނާ ވަދާޢު ކުރެއްވުމަށް ފަހު ދުޢާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ގިނިކަންޏާ ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ.


އެހެންމީހަކު ވެސް އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑު ކަލޭގެފާނާއި އެކު ދާނަން. ނަމަވެސް ފުރަތަމަ އަޅުގަނޑު ގޮސް އަޅުގަނޑުގެ އާއިލާގެ މީހުންނާއި ހިތްހެޔޮކޮށް ސަލާމް ކޮށްފައި އަންނާނަން.⁠“


ނަމަވެސް ތިޔަބައިމީހުން އެއްވެސް އެހެން ކަލާނގެއަކަށް ޤުރުބާން ކޮށް ހުށައެޅިފައި ވާ ކާއެއްޗެއް ކައިގެން ނުވާނެއެވެ. އަދި ތިޔަބައިމީހުން ޖަނަވާރެއްގެ ލޭ ކެއުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަރުއަނބުރާ މަރާލެވިފައިވާ އެއްވެސް ޖަނަވާރެއްގެ މަސް ވެސް ކައިގެންނުވާނެއެވެ. އަދި ޖިންސީ ފާފައެއް ކޮށްގެން ނުވާނެއެވެ. މި ފަދައިން ތިޔަބައިމީހުން ކަން ކުރަނީނަމަ ތިޔަބައިމީހުންގެ ދިރިއުޅުން ރަނގަޅުވެ ރަޙުމަތްލެއްވޭނެއެވެ. ތިޔަ އެންމެންނަށް އަހަރެމެންގެ ފަރާތުން ހެޔޮއެދުން ފޮނުވަމެވެ.


އެމީހުން ދަތުރުކޮށް ދިޔަ އޮޑި އެފޭސުސްއަށް ލެފުމުން އެމީހުން އެރަށަށް ފޭބިއެވެ. ދެން ޕައުލް ދިޔައީ އެރަށުގެ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށެވެ. އެތަނަށް އަންނަ މީހުންނާއި ވާހަކަ ދެއްކުމަށެވެ. ދެން އަކީލާ އާއި ޕްރިސިލާ އެރަށުގައި މަޑުކުރިއެވެ.


އެރަށުގެ ބަނީއިސްރާއީލު މީހުން ޕައުލްގެ ކިބައިން ދުވަސްކޮޅަކު އެރަށުގައި މަޑު ކުރުމަށް އެދުނު ކަމުގައި ވިޔަސް ޕައުލް އެކަމާ އެއްބަހެއް ނުވިއެވެ.


އެދުވަސްވަރު އަޕޯލޮސް އޭކިޔުނު ބަނީއިސްރާއީލު މީހަކު އެފޭސުސް އަށް އައެވެ. އޭނާ އުފަންވީ މިޞްރުގެ އިސްކަންދަރިއްޔާގައެވެ. މީނާއަކީ ވާހަކަދެއްކުމުގެ ހުނަރަށް ކުޅަދާނަ އަދި މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ވެސް ރަނގަޅަށް ކިޔަވައިގެން ހުރި މީހެކެވެ.


އަކޭޔާގެ ކޮރިންތުގައި އަޕޯލޮސް ވީދުވަސް ވަރު، ޕައުލް ފަރީޖިޔާ އާއި ގަލާތިޔާގެ ހިސާބުތަކުގައި ދިގު ދަތުރެއް ކުރަމުން ދިޔައެވެ. އެހެން ދަތުރުކުރަމުން ގޮސް ޕައުލް އެފޭސުސްއަށް ވެސް ދިޔައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާ ޕައުލްއާއި ބައްދަލުވިއެވެ.


މި ކަންތަކުގެ ޚަބަރު މުޅި އެފޭސުސް ތެރޭ ވަރަށް އަވަހަށް ފެތުރި ބަނީއިސްރާއީލު މީހުންނަށާ އަދި އެހެން މީހުންނަށް ވެސް މިކަންތައްތައް އެނގުނެވެ. އަދި ހުރުމަތާއި ބިރު މުޅި ރަށުތެރޭގައި ފެތުރި އެންމެން ވެސް އީސާގެފާނުގެ ނަންފުޅަށް ޙުރުމަތްތެރިކޮށް ހިތަންފެށިއެވެ.


ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“


ޕައުލް ގަސްތު ކުރީ މި ފަހަރު އެފޭސުސްއަށް ނުދިއުމަށެވެ. އެއީ އިތުރަށް އޭޝިޔާގައި ދުވަސް ހޭދަ ނުކުރަން ވެގެންނެވެ. ޕައުލް ޖެރޫސަލަމަށް އެނބުރި އައުމަށް ވަނީ ނުތަނަވަސް ވެފައެވެ. އެއީ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރަންވާ އިރަށް ޖެރޫސަލަމަށް އާދެވޭތޯއެވެ.


އަހަރެމެންނަށް ޕައުލް ޖެރޫސަލަމަށް ނުދާނެ ގޮތެއް އެތައް ވަރަކަށް ވާހަކަދައްކާ ވެސް ނުހެދުނެވެ. އެހެން ކަމުން އަހަރެމެން އޭނާއަށް އިތުރަށް އާދޭސް ކުރުން ހުއްޓަލާ ބުނީމެވެ. ”⁠މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަންތައް ވުމަށް އެދި އަހަރެމެން ދުޢާ ކުރަން.⁠“


(އެމީހުން މިހެން ބުނިކަމަކީ އެފޭސުސްގެ މީހެއް ކަމުގައިވާ ތުރޯފިމުސް ޕައުލްއާއި އެކުގައި ރަށުތެރެއިން އެމީހުންނަށް ވަނީ ފެނިފައެވެ. އަދި އެމީހުން ހީކުރީ ޕައުލް ބައިތުލް މަޤްދިސްއަށް އައީ އޭނާ ގޮވައިގެން ކަމުގައެވެ.)


މި ސިޓީ އަކީ އީސާ އަލްމަސީޙުގެ މަންދޫބެއްގެ ގޮތުގައި މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި ޕައުލްގެ ފަރާތުން ފޮނުވާ ސިޓީ އެކެވެ. މި ސިޓީ މި ލިޔަނީ އެފޭސުސްގައިވާ މާތްކަލާނގެ މުޤައްދަސް ކުރެއްވި އަލްމަސީހަށް އީމާންވާ ހުރިހާ އެންމެންނަށެވެ. އެ ހުރިހާ އެންމެންނަކީ އީސާ އަލްމަސީޙަށް ވަފާތެރިވެ އީމާންކަން މަތީވާ ފަރާތްތައް ވެސް މެއެވެ.


އޭރުން އިރާދަ ކުރެއްވިއްޔާ އަހަރެމެންނަށް މިގޮތުގައި ކުރިޔަށް ދެވި އިތުރު ކަންތައް ދަސްވެގެންދާނެއެވެ.


އެހެންވީމާ ކަލޭމެން މިފަދައިން ބުނުމުގައިވާށެވެ. ”⁠މާތްރަސްކަލާނގެ އިރާދަ ކުރެއްވުމުން އަހަރެމެންނަށް ޙަޔާތު ވޭތުކުރެވޭނޭ. އަހަރެމެން ގޮސް މިކަންތައްތައް ނޫނީ އެކަންތައްތައް ކުރުމުގައި ވާނަމޭ.⁠“


ހަނދާންކުރާށެވެ. މާތްކަލާނގެއަށް ކިޔަމަން ގަނެގެން ވޭނާ ކުރިމަތިލާން ޖެހުމަކީ ނުބައިކަންތަކެއް ކޮށްގެން ވޭނާ ކުރިމަތިލާން ޖެހުމަށް ވުރެން ހެޔޮކަން ބޮޑުކަމެކެވެ. އެއީ މާތްކަލާނގެ އެދިވޮޑިގެންވަނީ މިގޮތް ކަމަށް ވާތީއެވެ.


އެއަޑު އަހަރެންނަށް ބުންޏެވެ. ”⁠ތިބާއަށް ފެންނަ އެންމެހާ ކަންތައް ފޮތެއްގައި ލިޔެ މި ހަތް ސަހަރުގެ މަސީޙީ ޖަމާޢަތްތަކަށް ފޮނުވާ. އެއީ: އެފޭސުސް، އިޒުމީރު، ޕެރުގަމޫމު، ތިޔާތިރާ، ސަރުދީސް، ފިލަދެލްފިޔާ އަދި ލަވުދީކިޔާ.⁠“


”⁠އެފޭސުސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ ކަނާއަތުން ހަތް ތަރި ހިފަހައްޓައިގެން ހުރެ ބައްތި އަޅުވާ ރަނުގެ ހަތް ހަރުގެ މެދުގައި ހިނގަމުން ދިޔަ ފަރާތުން ދިން ޚަބަރެއް.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ