މަންދޫބުންގެ މަސައްކަތް 18:2 - ކިތާބުލް މުޤައްދަސާ2 އެ ރަށުގައި އުޅުނު އަކީލާއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ ބަނީއިސްރާއީލު މީހެކެވެ. ނަމަވެސް މީނާ އުފަންވީ ޕޮންތުސްގައެވެ. އަދި އޭނާ ދިރި އުޅުނީ ރޯމުގައެވެ. ނަމަވެސް ކުލާއުދިއުސް ރަސްގެފާނު ރޯމުގައި އުޅުނު ހުރިހާ ބަނީއިސްރާއީލު މީހުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަމުރުކުރުމުން އަކީލާ ވެސް އޭނާގެ އަންހެނުން ޕްރިސިލާ ގޮވައިގެން އިޓަލީން ކޮރިންތުއަށް އައި ތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އެއްދުވަހަކު ޕައުލް އަކީލާ އާއި ޕްރިސިލާގެ ގެއަށް ދިޔައެވެ. အခန်းကိုကြည့်ပါ။ |
އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.
އަހަރެމެންނަކީ ޕަރުތިޔާ އާއި، މާދީ އާއި، އެލާމު އާއި، މެސޮޕޮޓޭމިއާ އާއި، ޖުދެއާ އާއި، ކައްޕަދޯސިޔާ އާއި، ޕޮންތުސް އާއި، އޭޝިޔާ އާއި، ފަރީޖިޔާ އާއި، ޕަންފީލިޔާ އާއި، މިޞްރާއި، ލީބިޔާގެ ޒައިރީން އާއި، ރޯމު ކަރައިގެ ބަނީއިސްރާއީލު މީހުންނާއި އަދި އާ ބަނީއިސްރާއީލުންނާއި، ކުރޭތު އާއި އަރަބި ކަރާގެ މީހުން. އެކަމަކު މާތްރަސްކަލާނގެ ކުރައްވާފައިވާ މަތިވެރި ކަންތައްތަކުގެ ވާހަކަ އެމީހުން ދައްކާ އަޑު އަހަރެމެންނަށް މި އިވެނީ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން.“