Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 18:18 - ކިތާބުލް މުޤައްދަސާ

18 އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 18:18
17 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


މީސްތަކުންނާ ވަދާޢު ކުރެއްވުމަށް ފަހު ދުޢާ ކުރެއްވުމަށްޓަކައި އެކަލޭގެފާނު ގިނިކަންޏާ ފަރުބަދައަށް އަރާވަޑައިގެންނެވިއެވެ.


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


ދެން ޕައުލް ސިލާހު އާއިއެކު ސޫރިޔާ އާއި ސިލީސިޔާގެ ހިސާބުތަކުގައި ދަތުރުކޮށް އެތަންތާގައި ހުރި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކަށް ހިތްވަރު ދީ ބާރުދެމުން ގެންދިޔައެވެ.


އެ ރަށުގައި އުޅުނު އަކީލާއޭ ކިޔުނު މީހަކު ވިއެވެ. މީނާއަކީ ބަނީއިސްރާއީލު މީހެކެވެ. ނަމަވެސް މީނާ އުފަންވީ ޕޮންތުސްގައެވެ. އަދި އޭނާ ދިރި އުޅުނީ ރޯމުގައެވެ. ނަމަވެސް ކުލާއުދިއުސް ރަސްގެފާނު ރޯމުގައި އުޅުނު ހުރިހާ ބަނީއިސްރާއީލު މީހުންނަށް އެ ޤައުމު ދޫކޮށް ދިއުމަށް އަމުރުކުރުމުން އަކީލާ ވެސް އޭނާގެ އަންހެނުން ޕްރިސިލާ ގޮވައިގެން އިޓަލީން ކޮރިންތުއަށް އައި ތާ އަދި މި ވީ ކުޑަ ދުވަސްކޮޅެކެވެ. އެއްދުވަހަކު ޕައުލް އަކީލާ އާއި ޕްރިސިލާގެ ގެއަށް ދިޔައެވެ.


އަކީލާއަށާއި ޕްރިސިލާއަށް އަޕޯލޮސް ދީނީ މަރުކަޒުގައި ކެރިގެން އީސާގެފާނާއި މެދު ވާހަކަދެއްކި އަޑު އިވުނެވެ. ދެން އެމީހުން އަޕޯލޮސް އެމީހުންގެ ގެއަށް ގެންގޮސް އީސާގެފާނު އަންގަވައި ދެއްވި މާތްރަސްކަލާނގެ ބަސްފުޅާއި މެދު އޭނާއަށް އިތުރަށް އަންގައިދީ ކިޔަވާދިނެވެ.


ދެން އަޕޯލޮސް ގަސްތު ކުރީ އަކޭޔާއަށް ދިއުމަށެވެ. ދެން އީސާގެފާނުގެ ޖަމާޢަތުގެ މީހުން އޭނާއަށް އެ ރަށަށް ދިއުމަށް އެހީވެ އަދި އޭނާގެ އަތުގައި އެ ރަށުގެ އީމާންވެގެންވީ ޖަމާޢަތުގެ މީހުންނަށް އޭނާއަށް މަރުހަބާ ކިޔާ އޭނާގެ ވާހަކަ އެހުމަށް އެދި ސިޓީއެއް ވެސް ފޮނުވިއެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ސަބަބުން އީސާގެފާނު ގަބޫލު ކޮށްގެން ތިބި އެ ރަށުގައި ވީ އެންމެންނަށް، އަޕޯލޮސް އެ ރަށަށް އައުމުގެ ސަބަބުން ވަރަށް ބޮޑު އެހީއަކަށް ވިއެވެ.


އަޅުގަނޑުމެންނަށް ފެންނަ ގޮތަކީ މީ. އަޅުގަނޑުމެންގެ ތެރެއިން ހަތަރު މީހަކު ވަނީ ނަދުރެއް ބުނެފަ.


މި ހަތަރު މީހުން ގޮވައިގެން ތިޔަބޭފުޅާ ދުރުވެ އެމީހުން ސާފުތާހިރުވުމުގެ ގޮތުން ކުރާ ހުރިހާ ކަމެއްގައި ބައިވެރިވެ އެމީހުންގެ ނަދުރު ފުއްދުމުގެ ގޮތުން އެމީހުންގެ ބޯބޭލުމަށާ އަދި އެހެން ކަންތައްތައް ކުރުމަށް ދާ ޚަރަދު ވެސް އަދާކޮށް ދެއްވާ. އޭރުން އެންމެންނަށް ވެސް ތިޔަބޭފުޅާއާއި ބެހޭ ގޮތުން އެމީހުންނަށް ލިބިފައިވާ ޚަބަރުތަކަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަން އެނގޭނެ. އެއީ ތިޔަބޭފުޅާގެ އަމިއްލަ ކަންތައްތަކުގައި ވެސް ކަންތައް ކުރައްވަނީ މޫސާގެފާނު އެންގެވި ގަވާއިދުތަކާއި އެއްގޮތަށް ކަން އޭރުން މީހުންނަށް ފެންނާނެ.


އަހަރެމެން ސައިޕުރަސްއާއި ވަރަށް ކައިރިން އެރަށް ފެންނަ ހިސާބުން ދަތުރުކޮށް ދިޔައީމެވެ. އެދިމާލުން އަހަރެމެން ދެކުނަށް މިޞްރާބު ޖަހާ ދަތުރުކޮށް ދިޔައީ ސޫރިޔާއަށެވެ. ދެން އެއޮޑި ގޮސް ލެފީ ސޫރިޔާގެ ރަށެއް ކަމުގައިވާ ޞޫރު އަށެވެ. އެއީ މި އޮޑިއަކީ އެ ރަށަށް މުދާ ހިފައިގެން ދިޔަ އޮޑިކެވެ.


ދެން އެއަށް ފަހު އަހަރެން ދިޔައީ ސޫރިޔާއާއި ސިލީސިޔާގެ ސަރަހައްދަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ