މަންދޫބުންގެ މަސައްކަތް 18:17 - ކިތާބުލް މުޤައްދަސާ17 ދެން އެމީހުން ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި ސޮސްތީނު ހިފައި ހައްޔަރުކޮށް އެ ކޯޓުގެ ކުރިމަތީގައި އޭނާ ގައިގައި ތަޅާ އަނިޔާ ކުރިއެވެ. ނަމަވެސް ގާލިއޯ އޭގެން އެއްވެސް ކަމަކާ އަޅާ ވެސް ނުލިއެވެ. အခန်းကိုကြည့်ပါ။ |
އެ ހިނދު ޖައިރުސްއޭ ކިޔުނު ދީނީ މަރުކަޒުގެ ވެރިއަކު އެތަނަށް އައެވެ. އޭނާއަށް އީސާގެފާނު ފެނުމާއެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އަދަބުވެރިކަމާއެކު އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. ”އަޅުގަނޑުގެ އަންހެންދަރިފުޅު ވަނީ މަރުގެ ތުންފަތްމަތީގަ. އާދޭސްކޮށް ދަންނަވަން. އަޅުގަނޑާއެކުގައި ހިންގަވާ. އަދި ކަލޭގެފާނުގެ އަތްޕުޅު އޭނާގެ ގައިގައި ބީއްސަވާލެއްވުމުން އެކަނބުލޮގެ ބަލި ފަސޭހަވެ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!“