Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 18:15 - ކިތާބުލް މުޤައްދަސާ

15 ނަމަވެސް މި ކަމަކީ ހަމައެކަނި މީނާ ދައްކާ ވާހަކަޔަކާ އަދި އޭނާ ބުނާ ވަކި ބައެއްގެ ނަންތަކަކާ އަދި ކަލޭމެން ބަނީއިސްރާއީލު މީހުންގެ އަމިއްލަ ޤާނޫނާ ބެހޭކަމެކޭ. ތިކަހަލަ ފާޑުފާޑުގެ ކަންތަކާ ދޭތެރޭ ކުރެވޭ ޝަރީޢަތްތައް ބަލާކަށް މަށަކަށް ނުޖެހޭނެއޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 18:15
13 ပူးပေါင်းရင်းမြစ်များ  

އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“


”⁠މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.⁠“ އިމާމުން ޖަވާބުގައި ބުންޏެވެ. ”⁠ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟⁠“


ޕިލާތުސް ބުންޏެވެ. ”⁠އޭނާ ގެންދޭ. ގެންގޮސް ކަލޭމެންގެ އަމިއްލަ ގަވާއިދުތަކުގެ މަތިން އޭނާގެ ޝަރީއަތް ކުރޭ.⁠“ ދެން ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠އެކަމަކު އެއްވެސް މީހަކަށް މަރުގެ ޙުކުމް ކުރުމަކަށް ރޯމުގެ ސަރުކާރުން އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދޭ.⁠“


އެމީހުން ބުންޏެވެ. ”⁠މިމީހާ އަހަރެމެންގެ ގަވާއިދާއި ޤާނޫނާއި ޚިލާފު ގޮތްތަކަށް މީސްތަކުން ލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުވުމަށް މަސައްކަތް ކުރޭ.⁠“


އެމީހުންގެ ވާހަކަތަކުން އަޅުގަނޑަށް އޮޅުން ފިލީ ޕައުލް ކޮށްގެން އުޅޭ ކުށަކީ އެމީހުންގެ އަމިއްލަ ޤާނޫނާއި ބެހޭ ކަމެއް ކަމުގައެވެ. ނަމަވެސް އޭނާ ޖަލަށްލުމަށް، އަދި އޭނާ އަށް މަރުގެ ޙުކުމް ކުރާ ފަދަ އެއްވެސް ކުށެއް އޭނާ ކޮށްފައެއް ނުވާކަމެވެ.


އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.⁠“


އެ މައްސަލަތަކަކީ އެމީހުންގެ އަމިއްލަ ދީނާއި ބެހޭ މައްސަލަތަކެއް. އަދި މަރުވެފައިވާ މީހެއް ކަމުގައިވާ ކޮންމެ ވެސް އީސާއެކޭ ކިޔުނު މީހެއްގެ ވާހަކަ. ޕައުލް ގަދައަޅާ ދެ ގޮތެއް ނުވެ ބުނަމުން ގެންދިޔައީ އެ އީސާ މަރެއްނުވާ ކަމުގަ. އޭނާ ދިރިހުރިކަމުގަ.


ކެތްތެރިކަމާއިއެކު އަޅުގަނޑު މިބުނާ ވާހަކަކޮޅު އަޑު އައްސަވާލަދެއްވާ. އެހެނީ ތިޔަބޭފުޅާއަކީ ބަނީއިސްރާއީލު މީހުންގެ އާދަކާދަތަކާ އަދި އެމީހުންގެ މެދުގައި ދީނުގެ ގަވާއިދުތަކާ މެދު ކުރެވޭ ބަހުސް ތަކާ ހަމަނުޖެހުންތައް ރަނގަޅަށް ދެނެވަޑައިގެންވާ ބޭފުޅެއް.


އެއްވެސް ޙާލަތެއްގައި މީސްތަކުންގެ ވަގުތުތައް ހުއްޓާނުލާ އެދައްކާ ފުލޯކު ވާހަކަތަކާއި ނަސްލީ ދަރަޖަތަކުގެ ވާހަކަތަކާއި ރޫޙާނީ ގޮތުން ވާހަކަތަކުގެ ތެރެއަށް ވަނަ ނުދޭށެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން ދެބަސްވުން އުފެދި މާތްރަސްކަލާނގެ މަގުގައި އީމާންތެރި ޙަޔާތެއްގައި ވުމަށް މީސްތަކުންނަކަށް އެހީތެރިވެއެއް ނުދެއެވެ.


މިފަދަ އެދުރުންގެ ބޮޑާކަމާއި ޖާހިލުކަމުގެ އިތުރުން ހުރިހާ ތަކެއްޗެއް އެނގޭކަމުގައި ބުނާނެއެވެ. އަދި ބޭނުމެއް ނެތް ގޮތުގައި ބަސްބަހުގެ މާނައާ މެދު ހިތުގައި ބަލިމަޑުކަމެއް ކުރިމަތި ވަންދެން ޒުވާބު ކުރާހިތްވެދެއެވެ. އޭގެ ނަތީޖާއަކީ ހިތުގައި އުފެދޭ ދެކޮޅުވެރިކަމުގެ ސަބަބުން އަނބުރާ ބެހުމާއި އެކަކު އަނެކަކަށް ޙަސަދަވެރި ވުމުގެ އިތުރުން ޝައިތާނީ ޝަކުވާތައް ކުރުމެވެ.


އަދިވެސް ތަކުރާރުކޮށް ބުނަމެވެ. ޖާހިލު ކަމާއި ބޭކާރު މޮޔަ ވާހަކަތައް ދެއްކުމުން ދުރުހެލިވާށެވެ. މިފަދަ ކަންތައްތަކަކީ މައްސަލަތައް އުފެދުމަށް މަގުފަހި ކުރުވާ ކަންކަމެވެ.


އަދި ކާބަފައިންނާއި ނަސަބުތަކުގެ ތެރޭން އައިސްފައި ހުންނަ ބޭކާރު މޮޔަ އަރައިރުންވުންތަކުގައި ބައިވެރި ނުވާށެވެ. އަދި ތައުރާތާއިމެދު މީސްތަކުންގެ މެދުގައި އުފެދޭ ދެބަސްވުންތަކުން އެއްކިބާވެ ހުންނާށެވެ. މިފަދަ ދެބަސްވުންތަކަކީ ބޭނުމެއްނެތް ބޭކާރު ކަންކަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ