މަންދޫބުންގެ މަސައްކަތް 18:14 - ކިތާބުލް މުޤައްދަސާ14 ޕައުލް އޭނާގެ ދިފާއުގައި އެއްޗެއް ބުނަން ހަމަ އަނގަހުޅުވާލި ހިނދު ގާލިއޯ ޕައުލް ކުށްވެރި ކުރަމުން ދިޔަ މީހުންނާ ދިމާއަށް ބުންޏެވެ. ”އޭ ބަނީއިސްރާއީލު މީހުންނޭ، ކަލޭމެން ތިޔަ މީހާ ތިޔަ ގެނައީ އޭނާ ކުރި ކުށެއް ނުވަތަ އެނޫން ވެސް އެހެން ނުބައިކަމެއްގެ ސަބަބުން ނަމަ ކަލޭމެން ބަނީއިސްރާއީލު މީހުންގެ ވާހަކަތައް އަހަރެން ޖެހޭނީ އަހާ އެ ކަމާދޭތެރޭ ބަލާށޭ. အခန်းကိုကြည့်ပါ။ |
އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.“
ނަމަވެސް މީނާގެ ކުށާއި ބެހޭ ގޮތުން ހުށައެޅުމަށް ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް ލިޔާނެ އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގެ. އެހެން ކަމުން މިއަދު އޭނާ ތިޔަ އެންމެ ހާ ބޭފުޅުންގެ ކުރިފުޅުމައްޗަށް އަދި ޚާއްސަ ކޮށް އަގިރިފާ ރަސްގެފާނުގެ ކުރިފުޅުމައްޗަށް މި ހާޒިރު ކުރީ ތިޔަބޭފުޅާ ވެސް އޭނާ އާއި ސުވާލު ކުރައްވާ ހޯއްދަވާ އޮޅުންފިލުއްވާ އަޅުގަނޑު ރޯމުގެ ރަސްގެފާނަށް ލިޔާނެ ބަސްފުޅެއް އަޅުގަނޑަށް އޮޅުން ފިލާނެ ކަމުގެ އުންމީދުގަ.