8 މި ބަސްތައް އަޑު އިވުމުން އެ ރަށުގެ ވެރިންނާއި އަދި އެތާނގައި ތިބި މީސްތަކުން ވަރަށް ކަންބޮޑުވެ ރުޅިއައެވެ.
ހެރޮދު ރަސްގެފާނަށާއި ޖެރޫސަލަމުގައި ތިބި އެހެނިހެން މީސްތަކުންނަށް މި ޚަބަރު އިވުމުން، މިކަމާ ހުރިހާ އެންމެން ނުހަނު ކަންބޮޑުވިއެވެ.
ދީނީ މަރުކަޒުތަކުގެ ވެރިންނާ އެހެން ވެސް މަތީ ވެރިންގެ ކުރިމައްޗަށް ކަލޭމެން ގެނެވޭ ދުވަހު ކަލޭމެންގެ ދިފާއުގައި ކުރާނެ ކަމަކާ މެދު ނުވަތަ ބުނާނެ ބަސްތަކާއި މެދު ބިރުނުގަންނާތި.
އަހަރެމެން މިމީހާ ނުހުއްޓުވައިފި ނަމަ އިސާހިތަކު ހުރިހާ އެންމެން އޭނާ ގަބޫލުކޮށް އީމާންވެދާނެ. އޭރުން ރޯމުގެ ސަރުކާރު އަހަރެމެންގެ ބައިތުލް މަޤްދިސްއާ އަދި އަހަރެމެންގެ ޤައުމު ވެސް ނެތިކޮށްލާނެ.“
އެމީހުން ތިބެނީ މި ޖޭސަންގެ ގޭގައޭ. މި އެންމެން ވެސް ރޯމުގެ ރަސްގެފާނާއި ދެކޮޅަށް ކަންތައް ކުރަމުން ގެންދެއޭ. އެމީހުން ބުނާ ގޮތުގައި އެމީހުންގެ ރަސްގެފާނަކީ އީސާއޭ ނަމަކަށް ކިޔޭ މީހެކޭ.“
ދެން އެމީހުން ޖޭސަން އާއި އަދި އެހެން ވެސް އެތަނަށް ގެނެވުނު އީސާގެފާނަށް އީމާންވެގެން ތިބިމީހުން ރަހުނުގެ ގޮތުގައި ވަކި ވަރަކަށް ލާރި ދައްކަން އަންގާ އެލާރި ދިނުމުން އެމީހުން ދޫކޮށްލިއެވެ.