މަންދޫބުންގެ މަސައްކަތް 17:7 - ކިތާބުލް މުޤައްދަސާ7 އެމީހުން ތިބެނީ މި ޖޭސަންގެ ގޭގައޭ. މި އެންމެން ވެސް ރޯމުގެ ރަސްގެފާނާއި ދެކޮޅަށް ކަންތައް ކުރަމުން ގެންދެއޭ. އެމީހުން ބުނާ ގޮތުގައި އެމީހުންގެ ރަސްގެފާނަކީ އީސާއޭ ނަމަކަށް ކިޔޭ މީހެކޭ.“ အခန်းကိုကြည့်ပါ။ |
ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.“
ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ.
އެހެން މިސާލަކަށް ވިސްނާލާއިރު ނާސި އަންހެނެއް ކަމުގައިވާ ރާޙާބު އާއި މެދުގައި ކަންތައްތައް ހިނގާދިޔަގޮތް ނިކަން ދެކިބަލާށެވެ. އެކަނބުލޭގެ އާއި މެދުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވީ އެކަނބުލޭގެ ކިބައިގައި ވީ ސާލިޙު އަމަލުތަކުގެ ސަބަބުންނެވެ. އެއީ ބަނީއިސްރާއީލުންގެ ޖާސުސުންނަށް އެކަނބުލޭގެއަށް ލިބިގެންވީ ހިޔާވަހިކަމުން އެމީހުންނަށް ހިޔާވަހިކަންދީ މީސްތަކުންނަށް ސިއްރިއްޔާތުގައި ސަލާމަތްތެރިކަމާއެކު އެސަހަރުގެ އެހެންމަގަކުން އެ ޖާސޫސުން ފޮނުވައި ދިނުމެވެ.