Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:6 - ކިތާބުލް މުޤައްދަސާ

6 ނަމަވެސް އެގެއިން ވެސް އެމީހުން ނުފެނުމުން ދެން މި ޖޭސަން އާއި އަދި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ ބަޔަކު ގަދަކަމުން އެ ރަށުގެ ވެރިންގެ ކުރިމައްޗަށް ގެނެސް އެމީހުން ބުންޏެވެ. ”⁠މި ރަށަށް އައިސް އެ އުޅޭ ޕައުލް އާއި ސިލާހު އަކީ މުޅި މި ހިސާބުގަނޑުގެ ރަށްތަކުގައި ހަމަނުޖެހުން އުފައްދަމުން ދާ ބަޔެކޭ. މިހާރު އެމީހުން އަހަރެމެންގެ ރަށަށް ވެސް އަތުވެއްޖެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:6
18 ပူးပေါင်းရင်းမြစ်များ  

އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދުވާ ހެޔޮޚަބަރުފުޅު މުޅި ދުނިޔެއަށް އިއްވެމުން ދާނެ. އެއީ ހުރިހާ ގައުމަކަށް މިބަސްފުޅު ފޯރުވުމަށްޓަކައި. ނިމުން އަންނާނީ އޭގެފަހުން.⁠“


ނަމަވެސް މިބައިމީހުން ތަކުރާރު ކޮށް ބުނަމުން ގެންދިޔައެވެ. ”⁠މީނާ މުޅި ޖުދެއާ ކަރައިގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވަން މަސައްކަތް ކުރި. އޭނާ މިކަން ކުރަނީ މީސްތަކުންނަށް އޭނާ ކިޔަވައިދެމުން ގެންދާ ކިޔަވައިދިނުމުން. އޭނާ މިކަންތައް ފެށީ ގަލީލީގައި ނަމަވެސް މިހާރު މީނާ ޖެރޫސަލަމާ ހަމައަށް އަތުވެއްޖެ.⁠“


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


ރޭގަނޑުވުމާއި އެކު އީމާންވެގެންވީ މީހުން ޕައުލް އާއި ސިލާހު އެ ރަށުން ބެރޭއާއަށް ފޮނުވާލިއެވެ. އެ ރަށަށް ގޮސް، އެމީހުން އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ދިޔައެވެ.


ދެން އީސާގެފާނަށް އީމާންވެގެންވީ މީހުން އަވަސް އަވަހަށް ޕައުލް ބަނދަރުމަތީ ރަށަކަށް ފޮނުވާލިއެވެ. ނަމަވެސް ސިލާހު އާއި ތިމޮތީ ބެރޭއާގައި މަޑު ކުރިއެވެ.


އެހެނީ ދުނިޔޭގެ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިސާބު ބައްލަވާނެ ދުވަހެއް އެކަލާނގެ ކަނޑައަޅުއްވައިފިއޭ. އަދި އެ ފަދައިން މީސްތަކުންގެ މައްޗަށް ހިސާބު ބެއްލެވުމަށް އެކަލާނގެ ހަމަޖައްސަވާ ކަނޑައެޅުއްވި ބޭކަލަކީ އީސާގެފާނޭ. އީސާގެފާނު މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރުއްވާ މާތްރަސްކަލާނގެ މި ކަން ސާބިތުކޮށް ހާމަކޮށްދެއްވައިފިއޭ.⁠“


ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ.


އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މިމީހާ އަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ ބަނީއިސްރާއީލު މީހުން ރޯމުގެ ސަރުކާރާއި ދެކޮޅު ކުރުވާ، މީސްތަކުންގެ މެދުގައި ހަމަނުޖެހުންތައް އުފައްދަމުން ދާ މީހެއް. އަދި މީނާއަކީ ނަޞާރާދީނުގެ މީހުންގެ ވެރިޔާ ވެސްމެ.


ނަމަވެސް އަހަރެމެން ކަލޭ ބުނަން ބޭނުންވި އެއްޗެއްގެ އަޑު އެހުމަށް ބޭނުންވިއޭ. އަހަރެމެންނަށް އެނގޭހާ ވެސް އެއްޗަކީ ހުރިހާ ތަނެއްގައި ވެސް މީހުން ތިޔަ ބުނި ޖަމާޢަތުގެ މީހުންނާއި ދެކޮޅަށް ވާހަކަ ދައްކާ ކަމޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ