މަންދޫބުންގެ މަސައްކަތް 17:5 - ކިތާބުލް މުޤައްދަސާ5 ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް އެގެއިން ވެސް އެމީހުން ނުފެނުމުން ދެން މި ޖޭސަން އާއި އަދި އެހެން ވެސް އީސާގެފާނަށް އީމާންވެގެންވީ ބަޔަކު ގަދަކަމުން އެ ރަށުގެ ވެރިންގެ ކުރިމައްޗަށް ގެނެސް އެމީހުން ބުންޏެވެ. ”މި ރަށަށް އައިސް އެ އުޅޭ ޕައުލް އާއި ސިލާހު އަކީ މުޅި މި ހިސާބުގަނޑުގެ ރަށްތަކުގައި ހަމަނުޖެހުން އުފައްދަމުން ދާ ބަޔެކޭ. މިހާރު އެމީހުން އަހަރެމެންގެ ރަށަށް ވެސް އަތުވެއްޖެ.
އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުން، މަސްތުވުން، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ހަފްލާތައް ބޭއްވުން އަދި އެހެން ވެސް ފާފަތައް ކުރުމެވެ. އަހަރެން ކަލޭމެން ގާތު ކުރިން ބުނި ފަދައިން އަނެއްކާވެސް ބުނަމެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އެއްވެސް ޖާގައެއް ނުވެއެވެ.