މަންދޫބުންގެ މަސައްކަތް 17:4 - ކިތާބުލް މުޤައްދަސާ4 މި ވާހަކަތައް އަޑު އެހި ބަޔެއް ބަނީއިސްރާއީލު މީހުން ގަބޫލުކޮށް އީމާންވެ ޕައުލް އާއި ސިލާހު އާއި ބައިވެރިވިއެވެ. އަދި ގިނަ އަދަދެއްގެ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އެ ރަށުގެ އެތައް ކަމުވޮށި ވެގެންވީ އަންހެނުންނެއް ވެސް އީމާންވިއެވެ. အခန်းကိုကြည့်ပါ။ |
މި ދީނީ މަރުކަޒުގައި ވީ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކާ އަދި އެތާނގައި ތިބި ތެދުހިތުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އާ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކު ޕައުލް އާއި ބަރުނައްބާސްގެ ފަހަތުން އެދުވަހު ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް އެމީހުންގެ ކިބައިން އެދުނީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތްފުޅު ގަބޫލުކޮށް ލިބިގަނެ އަދި އެކަލާނގެ ކިބަފުޅަށް ގާއިމުކަމާއި އެކު އީމާންވެ ތިބުމަށެވެ.
ނަމަވެސް ބަނީއިސްރާއީލުގެ ވެރިން އެ ރަށުގެ ބާރާއި ނުފޫޒު ހިނގާ ބައެއް ފިރިހެނުންނާއި އަދި ދީންވެރި ކަމަށް މަޝްހޫރު މީހުން އިޙުތިރާމު ކުރާ ބައެއް އަންހެނުންގެ ގާތަށް ގޮސް އެމީހުން ޕައުލް އާއި ބަރުނައްބާސް އާއި ދެކޮޅުވެރި ވާނެ ފަދައިން ވާހަކަދައްކާ ދެކޮޅު ކުރުވިއެވެ. އަދި އެ ގޮތުން އެމީހުން ޕައުލް އަށާއި ބަރުނައްބާސް އަށް އުނދަގޫތައް ދޭން ފެށިއެވެ. އެމީހުން ޕައުލް އާއި ބަރުނައްބާސް އެ ސަރަހައްދު ން ވެސް ބޭރު ކުރިއެވެ.
ޕައުލް އާއި ބަރުނައްބާސް އިކޯނިޔުމްގައި ވެސް ހަމަ އަންތީޔޮކުގައި ކަން ކުރި ފަދައިން ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ބަސްފުޅުތަކާ މެދު ވަރަށް ފުރިހަމަ ކަމާއިއެކު ވާހަކަ ދެއްކިއެވެ. މި ބަސްތައް އަޑު އެހި އެތައް ބަނީއިސްރާއީލު މީހުންނާއި އަދި އެހެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެންވީ މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ.
ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)
ޕައުލް ތިމޮތީ އޭނާއާއި އެކު އޭނާގެ ދަތުރުގައި ބައިވެރިކުރުމަށް ބޭނުންވިއެވެ. ނަމަވެސް އެހިސާބުގެ އެންމެންނަށް ވެސް އެނގޭ ގޮތުގައި ތިމޮތީގެ ބައްޕައަކީ ގުރީކު މީހެކެވެ. އެހެންވެ އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ހިތްހަމަ ޖެއްސުމުގެ ގޮތުން ޕައުލް ތިމޮތީ ގާތު އެދުނި އޭނާއާއި އެކު އެދަތުރުގައި ދިއުމުގެ ކުރިން ތިމޮތީ ޚިތާނު ކުރުމަށެވެ.
ދެން ޕައުލް ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ގޮސް އެތާނގައި ވާ ބަނީއިސްރާއީލު މީހުންނާ އަދި އެތަނަށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އީސާގެފާނާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އަދި ކޮންމެ ދުވަހަކު އެރަށުގެ ބޮޑު ބާޒާރުގައި ވެސް އެތަނަށް އައްޔާ އައި ހާ ބަޔަކު ގާތު ވެސް މިފަދައިން ވާހަކަ ދައްކަމުން ގެންދިޔައެވެ.
ދެން އެމީހުން ބުންޏެވެ. ”ބަނީއިސްރާއީލު މީހުންނޭ، އަހަރެމެންނަށް އެހީވެދީ. މިމީހާއަކީ ހުރިހާ ތަނެއްގައި އަހަރެމެންނާ އަހަރެމެންގެ ދީނީ ގަވާއިދުތަކާ އަދި އަހަރެމެންގެ ހުރުމަތް ތެރި ބައިތުލް މަޤްދިސް އާއި ދެކޮޅަށް މީސްތަކުންނާ ވާހަކަދައްކަމުން ދާ މީހެއް. އަދި މިހާރު ބައިތުލް މަޤްދިސް ނުތާހިރު ކުރުމަށް އޭނާ ކާފަރުންގެ ބަޔަކު ވެސް ގެނެސް އެ ޙުރުމަތްތެރި ހަރަމް ފުޅަށް އެ ވެއްދީ.“