Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:32 - ކިތާބުލް މުޤައްދަސާ

32 ޕައުލް މަރުވެފައިވީ މީހަކު އަލުން ދިރުއްވުނު ވާހަކަ ބުނި އަޑު އެތާނގައި ތިބި މީހުންނަށް އިވުމުން އެތަނުން ބަޔަކު ހޭންފެށިއެވެ. ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠ކަލޭގެ ވާހަކަތައް އަޑު އަހަން އަހަރެމެން އެދެމޭ. ވީމާ އެހެން ދުވަހަކު އަދި އަހަރެމެން ކަލެއާއި ބައްދަލު ކުރަން ބޭނުމޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:32
23 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


ނަމަވެސް މި އެންމެން ވެސް އެކިކަހަލަ އުޒުރުތައް ދައްކަން ފެށި. ފުރަތަމަ މީހާ ބުނި. ’⁠އަހަރެން ހަމަ ދެންމެއަކު ގޮވާން އިންދުމަށްޓަކައި ބިމެއް ގަނެފީމޭ. އެހެން ވީމާ އަހަރެން އެބިން ބަލަން ދާން އެބަ ޖެހެއޭ. އަހަރެންގެ ސަލާން ގަބޫލުކުރާށޭ.⁠‘


އީސާގެފާނު ބެލެހެއްޓުމަށް ހަވާލުވެގެން ތިބި މީހުން އެކަލޭގެފާނަށް މަލާމާތް ކޮށް އަނިޔާކުރަން ފެށިއެވެ.


ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ.


ސިފައިންގެ މީހުން ވެސް އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނަށް މަލާމާތް ކުރިއެވެ. އަދި އެކަލޭގެފާނު ހިތްޕަވާތޯ ބަލަން ހުތް މޭބިސްކަދުރު ދިޔަ ދީފައި


’⁠އޭ މާތްރަސްކަލާނގެ ކިބަފުޅަށް މަލާމާތް ކުރާ މީހުންނޭ، ދެކޭށޭ. އަޖައިބުވެ ހައިރާންވުމަށް ފަހު މަރުވެގެންދާށޭ. މި އަދު ތިމަންކަލާނގެ މި ކުރާ ކަންތަކަކީ ކަލޭމެންނަށް ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ނޫނޭ. މީހަކު މި ކަންތަކުގެ ވާހަކަ ކަލޭމެންނަށް ކިޔާދިނަސް ކަލޭމެންނަކަށް މި ކަމެއް ގަބޫލެއް ނުކުރެވޭނެއޭ.⁠‘⁠“


އޭގެތެރެއިން އެއްދުވަހަކު ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ތަފާތު ދެބަޔަކަށް ހިމެނޭ ބަޔަކު ޕައުލް އާއި ބަހުސް ކުރުމަށް އައެވެ. މިމީހުންގެ ތެރެއިން އެއްބަޔަކީ އެޕިކޫރިން ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. އަނެއްބަޔަކީ އިސްތޮއިކުގެ ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. މީގެތެރެއިން އެއްބަޔަކު ބުންޏެވެ. ”⁠މި ތަނެއްދޮރެއް ނުދަންނަ މީހާ މި ކިޔަނީ ކޯންޗެކޭތަ؟⁠“ އަދި އަނެއްބައިމީހުން އެކަކުއަނެކަކަށް ބުންޏެވެ. ”⁠ހީވަނީ އޭނާ އެދައްކަނީ އެހެން ކޮންމެންމެސް ޤައުމެއްގެ ކަލާނގެތަކުގެ ވާހަކަ ހެން.⁠“ މިމީހުންނަށް މިހެން ހީވި ކަމަކީ އެއީ ޕައުލް އީސާގެފާނާއި ބެހޭ ވާހަކަތަކާއި އަދި އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވުނު ކަމާމެދު ވާހަކަދައްކަމުން ގެންދިޔައީތީއެވެ.


އެހެނީ ދުނިޔޭގެ އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިސާބު ބައްލަވާނެ ދުވަހެއް އެކަލާނގެ ކަނޑައަޅުއްވައިފިއޭ. އަދި އެ ފަދައިން މީސްތަކުންގެ މައްޗަށް ހިސާބު ބެއްލެވުމަށް އެކަލާނގެ ހަމަޖައްސަވާ ކަނޑައެޅުއްވި ބޭކަލަކީ އީސާގެފާނޭ. އީސާގެފާނު މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރުއްވާ މާތްރަސްކަލާނގެ މި ކަން ސާބިތުކޮށް ހާމަކޮށްދެއްވައިފިއޭ.⁠“


ދެން ޕައުލް އަރެއޮޕާގުސް ދަރުބާރުން ދިޔައެވެ.


އަދި އަނެއްބަޔަކު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުންނަށް މަލާމަތް ކޮށް ބުންޏެވެ. ”⁠އެމީހުން އެއުޅެނީ ރާބޮއިގެން އަމަލު ވެގެން.⁠“


ނަމަވެސް ޕައުލް ރަނގަޅަށް ސީދާ ކަން މަތީ އުޅުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަދި މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ ދުވަހުގެ ވާހަކަ ބުނުމުން ފެލިކުސް ވަރަށް ބޮޑަށް ބިރުގަތެވެ. ދެން އޭނާ ޕައުލް އަށް ވިދާޅުވިއެވެ. ”⁠ދެން މި ވަގުތު ކަލޭ ދޭ. އެހެން ފަހަރަކުން އަހަންނަށް ވަގުތު ވީމާ އަހަރެން ކަލެއާއި ބައްދަލުވާނަން.⁠“


އެ މައްސަލަތަކަކީ އެމީހުންގެ އަމިއްލަ ދީނާއި ބެހޭ މައްސަލަތަކެއް. އަދި މަރުވެފައިވާ މީހެއް ކަމުގައިވާ ކޮންމެ ވެސް އީސާއެކޭ ކިޔުނު މީހެއްގެ ވާހަކަ. ޕައުލް ގަދައަޅާ ދެ ގޮތެއް ނުވެ ބުނަމުން ގެންދިޔައީ އެ އީސާ މަރެއްނުވާ ކަމުގަ. އޭނާ ދިރިހުރިކަމުގަ.


މާތްރަސްކަލާނގެ މަރުވެފައިވާ މީހުން އަލުން ދިރުއްވާ ކަން ގަބޫލު ކުރުން އެއީ އެއްވެސް މީހަކަށް އެހާ އުނދަގޫކަމަކަށް ވާންވީ ކީއްވެ؟


އަނެއް ބަޔަކަށް މަލާމާތް ރައްދު ކުރެވި ހަންމުށިތަކުން ތެޅެވި އަނެއް ބަޔަކު ޗޭނުޖެހި ހުރަގެތަކަށް ގެންދެވުނެވެ.


ވީއިރު އަހަރެމެން ވެސް އެކަލޭގެފާނު ގާތަށް ރަށްބޭރަށް ގޮސް އެކަލޭގެފާނު އުފުއްލެވި ލަދުވެތިކަން ޙިއްސާ ކުރަމާ ހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ