މަންދޫބުންގެ މަސައްކަތް 17:28 - ކިތާބުލް މުޤައްދަސާ28 އަދި ހަމަ ތިޔަބައިމީހުންގެ ޅެންވެރިން ބުނެފައިވާ ފަދައިން ’އަހަރެމެން ދިރި މި ވަނީ އަދި ހިނގާބިނގާވެ މި އުޅެނީ އަދި ހަމަ އަހަރެމެން އުފަންވީ ވެސް ޚުދު އެކަލާނގެ ބާރުފުޅުންނޭ. އަހަރެމެންނަކީ އެކަލާނގެ ދަރިންނޭ.‘ အခန်းကိုကြည့်ပါ။ |
އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.
ސާހިބުގެ ފުރާނައަށް ގެއްލުން ދީ އަނިޔާއެއް ކުރަން އަންނަ މީހެއްގެ ކިބައިން، މީހަކު ޚަޒާނާއެއް ފޮރުވައި ރައްކާ ކުރާނެ ފަދައިން، ސާހިބުގެ އިލާހު، މާތްރަސްކަލާނގެ ސާހިބަށް ސަލާމަތްތެރިކަން ދެއްވައި ހިމާޔަތް ކުރައްވާށި. އަދި އެ ނިޔަތުގައި އަންނަ މީހަކު ސާޅަގައަކަށް ލައި ދޫކޮށްލެވޭ ފަދައިން ހޫރާ ލައްވާށި.