މަންދޫބުންގެ މަސައްކަތް 17:26 - ކިތާބުލް މުޤައްދަސާ26 އެންމެ އިންސާނަކުން މާތްރަސްކަލާނގެ ދުނިޔޭގައިވާ ހުރިހާ ނަސްލުތަކެއްގެ މީހުން އުފެއްދެވިއޭ. އަދި އެމީހުން ދުނިޔޭގެ އެކިތަންތަނުގައި ލެއްވި. އެމީހުން ދުނިޔޭގައި އުޅޭނެ ދުވަސްވަރާ އަދި އުޅޭނެ ސަރަހައްދު ތައް ވެސް އެކަލާނގެ މާކުރިއްސުރެ ވަނީ ރާއްވަވާ ނިންމަވާފައޭ. အခန်းကိုကြည့်ပါ။ |
ނަމަވެސް މީސްތަކުންނަށް އެކަލާނގެ ދެއްވާ ހެޔޮފުޅުމަކާއި ރަޙުމަތުން އެކަލާނގެ ވޮޑިގެންވާކަން އަބަދުވެސް މީސްތަކުންނަށް އެކަލާނގެ ހާމަކޮށްދެއްވާ. އެކަލާނގެ އުޑުން ވާރޭ ފޮނުއްވާ. ކަނޑައެޅޭ ވަކި މޫސުންތަކުގައި ބަރާބަރު ވަގުތަށް ގޮވާން ދެއްވާ. މީސްތަކުން ކެއުމަށް ބޭނުންވާނެ ތަކެތި އެކަލާނގެ ދެއްވާ. އަދި އެކަލާނގެ މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ދެއްވާ.“
މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.