Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:24 - ކިތާބުލް މުޤައްދަސާ

24 މި ކަލާނގެއަކީ ދުނިޔެއާއި ދުނިޔޭގައި ވާނަމަ ވާހާތަކެއްޗެއް ހެއްދެވި ކަލާނގެއޭ. އެކަލާނގެއަކީ އުޑާއި ބިމުގެ ވެރިސާހިބުވަންތަ ކަލާނގެއޭ. އެކަލާނގެ ވޮޑިގެންވަނީކީ އިންސާނުން ބިނާކޮށްފައި ވާ ޢިމާރާތްތަކަކު ނޫނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:24
36 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ އެންމެ ފުރަތަމަ އުފެއްދެވީ އުޑުތަކާއި މި ދުނިޔެއެވެ.


”⁠އުޑުތަކާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟްރަތުން ތިބާއަށް ނިޢުމަތް ލެއްވުމަށް އަހަރެން އެދެން. ހުރިހާ ތަޢުރީފެއް ޙައްޤުވެގެން ވަނީ ދުޝްމަނުންގެ މައްޗަށް ތިބާއަށް ފަތަޙަ ދެއްވި އެންމެ މަތިވެރި ރަސްކަލާނގެއަށް.⁠“ އެއަށް ފަހު އަބްރާމްގެ ޣަނީމާ މުދަލުގެ ދިހަބައިކުޅަ އެއްބައި މަލްކީޞާދިޤުއަށް ވެދުން ކުރެއްވިއެވެ.


ޖަވާބުގައި އަބްރާމް ވިދާޅުވިއެވެ. ”⁠އުޑާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ގަންދީ ހުވާ ކޮށްފައި ބުނަން. ތިބާގެ ތަކެތީގެ ތެރެއިން ފައިވާނުގެ ވަދެއް ނުވަތަ ރޮދިފަށެއްހާ މިންވަރު ވެސް އަހަރެން ބޭނުމެއް ނޫން. އޭރުން ތިބާއަކަށް ނުބުނެވޭނެ އަހަރެން މުއްސަނދި ކުރުވީ ތިބާއެކޭ.


އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. އެއްވެސް ހުވައެއް އެއްވެސް ފަރާތަކާއި އެކުގައި ނުކުރޭ. އަދި އުޑު ގަންދީ ވެސް ހުވާކޮށްގެން ނުވާނެ. އެހެނީ އުޑަކީ މާތްރަސްކަލާނގެ ތަޚުތުކޮޅު.


އެވަގުތު މާތްރޫޙުފުޅުގެ ސަބަބުން އުފަލުން ފުރިފައިވާ ހާލުގައި އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އުޑާއި ބިމުގެ ވެރި މާތްސާހިބާ! މިހުރިހާ ކަންތައްތައް ކިޔަވައިގެން ތިބި ބުއްދިވެރިންނަށް ވަންހަނާ ކުރައްވައި މި ކަންތައްތައް ތިޔަ ހާމަ ކުރެއްވީ އާދައިގެ މީހުންނަށް. ބައްޕާފުޅާ! ބައްޕާފުޅަށް ފުރިހަމަ އުފަލާއި ހިތްހަމަ ޖެހިލެއްވުން ލިއްބައިދެނީ މިފަދަ ކަންތައް ކަން އަޅުގަނޑަށް އެނގޭ.⁠“


ކާއިނާތު ވުޖޫދަށް އައުމުގެ ކުރިން ވެސް ބަސްފުޅު ވޮޑިގެންވިއެވެ. ބަސްފުޅު ވޮޑިގެންވީ މާތްރަސްކަލާނގެ އާއި އެކުގައެވެ. އަދި ބަސްފުޅު އެއީ މާތްރަސްކަލާނގެއެވެ.


”⁠އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ ހެޔޮޚަބަރުފުޅު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.


އެ ވާހަކަތައް އަޑުއަހާފައި އީސާގެފާނުގެ މައްޗަށް އީމާންވެގެން ތިބި އެންމެން އެއްފަހަރާ އެއްއަޑުން ދުޢާ ކުރިއެވެ. ”⁠މާތްރަސްކަލާކޯ! އިނބަރަސްކަލާނގެއީ އުޑާއި ބިމާއި ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.


ނަމަވެސް އެންމެ މަތިވެރި ކަލާނގެ ވޮޑިގެންވަނީކީ އިންސާނުންގެ އަތުން ބިނާކޮށްފައިވާ ޢިމާރާތްތަކަކު ނޫން. ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ އެކަލާނގެ ކިބަފުޅާއި މެދު މިފަދައިން ވަޙީ ކުރެއްވި.


އެކަމަކު މިފަހު ޒަމާނުގައި އަހަރެމެންނަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވީ އެކަލާނގެ ދަރިކަލުން މެދުވެރި ކުރައްވައެވެ. އާލަމްތަކުގައި ވާހައި ތަކެއްޗެއް މިދަރިކަލުން މެދުވެރި ކުރައްވާ އުފައްދަވައި އެހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް އެކަލާނގެ ލެއްވެވީ ވެސް އެކަލޭގެފާނެވެ.


ކޮންމެ ގެއެއް ވެސް ބިނާ ކުރަނީ ކޮންމެވެސް މީހެކެވެ. އެކަމަކު ޙަޤީޤަތުގައި ކޮންމެ އެއްޗެއް ވެސް އުފައްދަވަނީ މާތްރަސްކަލާނގެ އެވެ.


އެއަށް ފަހު، ހުދުކުލައިގެ ބޮޑު ތަޚުތެއްގައި ބޭކަލަކު އިށީނދެވަޑައިގެން އިންނެވިތަން އަހަރެން ދުށީމެވެ. އެމީހެއްގެ ކުރިމަތިން އުޑާއި ބިން ގެއްލި ދިއުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އުޑާއި ބިން ދާނޭ އެއްވެސް ތަނެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ