Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:23 - ކިތާބުލް މުޤައްދަސާ

23 އެއީ އަހަރެން މި ރަށުތެރެ ބަލާލަން ދިޔަ ދިއުމުގައި ތިޔަބައިމީހުން އަޅުކަން ކުރާ ކަލާނގެތަކަށް ޚާއްސަކުރެވިފައިވާ އެތައް މަޤާމުފުޅުތަކެއް އަހަރެން ދެކުނީމޭ. އަދި އޭގެން އެއް މަޤާމުފުޅެއްގައި ’⁠އެކަލާނގެއަކާއި މެދު އަހަރެމެންނަށް ނޭނގޭ ކަލާނގެ⁠‘ މި ފަދައިން ލިޔެވިގެންވާ މަޤާމުފުޅެއް ވެސް އަހަރެން ދެކުނީމޭ. މި ކަލާނގެއަށް ކަލޭމެން މި ހުރިހާ ދުވަހު އަޅުކަން ތި ކުރަނީ އެކަލާނގެއަކީ ކޮބާ ކަން ނޭނގި ތިބެއޭ އަހަރެން މީސްތަކުންނަށް އަންގައިދެމުން މި ދަނީ މި ކަލާނގެއާއި ބެހޭ ގޮތުންނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:23
19 ပူးပေါင်းရင်းမြစ်များ  

އެބައިމީހުން ތިމަންކަލާނގެ ކިބަފުޅަށް ކުރާ އަޅުކަމުގައި އެއްވެސް އަގެއްނެތޭ. އެބައިމީހުން އުނގަންނައިދޭ ތަކެއްޗަކީ އެއްވެސް ތާކުންތާކު ޖެހޭ އެއްޗެއް ނޫނޭ. އެއީ ހަމަ އެކަނި އިންސާނީ ގަވާޢިދުތަކެކޭ.⁠‘⁠“


މާތް ޞާލިޙުވަންތަ ބައްޕާފުޅު! މި ދުނިޔޭގެ މީސްތަކުންނަކަށް ބައްޕާފުޅެއް ނޭނގޭ. އެކަމަކު އަޅުގަނޑު ބައްޕާފުޅު ދަންނަން. އަދި އަޅުގަނޑަށް އީމާންވެގެންތިބި މީހުންނަށް އަޅުގަނޑު ފޮނުއްވެވީ ބައްޕާފުޅުކަން އެނގޭ.


ނިމުންނުވާ ދިރިހުރުން ލިބުމުގެ މާނައަކީ ހަމައެކަނި މުޠުލަގުވަންތަ ކަލަކީ ކޮބައިކަން އެނގުމާއި އަދި އިނބަރަސްކަލާނގެ ފޮނުއްވި އީސާ އަލްމަސީޙު އަކީ ކޮބައިކަން އެނގި ކަށަވަރު ވުން.


ކަލޭމެން ސަމީރިއްޔާގެ މީހުންނަށް މާތްރަސްކަލާނގެއާއި މެދު އެނގެނީ ވަރަށް ކުޑަ އެއްޗެއް. އެކަމަކު އަހަރެމެން ބަނީއިސްރާއީލު މީހުން މާތްރަސްކަލާނގެ ދަންނަން. އެއީ އިންސާނުން ދިންނަވާނެ ފަރާތް ފޮނުއްވޭނީ ބަނީއިސްރާއީލު މީހުންގެ ތެރޭން ކަމަށް ވާތީ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން އަމިއްލައަށް އަހަރެން މަތިވެރި ކުރާނަމަ އެއީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން. ނަމަވެސް އަހަރެންނަށް އެމަތިވެރިކަން ދެއްވާ އަހަރެން މަތިވެރި ކުރައްވަނީ އަހަރެންގެ ބައްޕާފުޅު. އެކަމަކު ކަލޭމެން ތިމަން މީހުންގެ ކަލާނގެއޭ ތިޔަ ކިޔަނީ އަހަރެންގެ ބައްޕާފުޅަށް.


މި ވީހާ ތަނަށް މާތްރަސްކަލާނގެ މީސްތަކުން ކުރަމުން ދިޔަ މި ފަދަ ޖާހިލު ކަންތަކާ މެދު އަޅާނުލައްވާ ދޫކޮށްލެއްވި ނަމަވެސް، މިހާރު އެކަލާނގެ ދުނިޔޭގެ އެންމެ ހާ މީސްތަކުންނަށް އަމުރުކުރައްވަނީ ފާފަކުރުން ހުއްޓާލާ، އެކަލާނގެ ކިބަފުޅަށް އެނބުރުމަށޭ.


ހަނދާން ކުރަންވީ، އޭރު ތިޔަބައިމީހުންނަށް އަލްމަސީޙު އެނގިގެންނުވާ ކަމެވެ. ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނަށް ތިޔަބައިމީހުންނީ ބިދޭސީންނެވެ. އަދި މާތްރަސްކަލާނގެ އެބައިމީހުންނާއިމެދު ވަޢުދު ވެވަޑައިގެންނެވި އިޤުރާރުން އެއްވެސް ޖާގައެއް ތިޔަބައިމީހުންނަށް ލިބިގެންނުވެއެވެ. ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދިޔައީ އިލާހެއް ވޮޑިގެންވާކަމުގައި ނުބަލާ އަދި އުންމީދު ގެއްލިފައިވާ ގޮތުގައެވެ.


އަދި މީސްތަކުން އަޅުކަން ކުރާ ކޮންމެ އެއްޗަކާއި އޭނާ ދެކޮޅުވެރިވެ އެ ފަރާތްތަކުގެ މައްޗަށް ބާރުވެރިވެ އޭނާއަށް އަޅުކަން ކުރުމަށް ބުނާނެއެވެ. އަދި އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ބައިތުލް މަޤްދިސްއަށް ގޮސް އެތަނުގައި އިށީނދެގެން އިނދެ ތިމަންނައަކީ މާތް ކަލާނގެ ކަމަށް އޭނާ ދަޢުވާ ކުރާނެއެވެ.


އަހަރެންގެ ދުޢާއަކީ ޖަލާލަތާއި ޝަރަފު އަބަދަށްޓަކައި އަހަރެމެންގެ ހަމައެކަނި ކަލާނގެއަށް ލެއްވުމެވެ. އެކަލާނގެއީ އަބަދަށް ދެމިވޮޑިގެންވާ ޣައިބުވަންތަ ދާއިމަށް ރަސްކަމުގައި ވޮޑިގެންވާ ކަލާނގެއެވެ. އާމީން!


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ