މަންދޫބުންގެ މަސައްކަތް 17:22 - ކިތާބުލް މުޤައްދަސާ22 ދެން ޕައުލް އެމީހުންގެ މެދަށް ކޮޅަށް ތެދުވެ އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ. ”އަތެންސްގެ މީހުންނޭ، ތިޔަބައިމީހުންނަކީ ހުރިހާ ކަމެއްގައި ވެސް ވަރަށް ދީންވެރިބައެއް ކަން އަހަރެންނަށް ފާހަގަ ކުރެވެއޭ. အခန်းကိုကြည့်ပါ။ |
ދެން އެންމެފަހުން އެ ރަށުގެ ވެރިއަކު އެތަނަށް އައިސް މީސްތަކުން މައިތިރިކުރިއެވެ. ދެން އޭނާ އެމީހުންނަށް ބުންޏެވެ. ”އޭ އެފޭސުސްގެ މީސްތަކުންނޭ، އެފޭސުސްއަކީ އަރުތޭމިސް ކަލާނގެ އެންމެ މުހިންމު ފައްޅި ވާ އަދި އެކަލާނގެއަށް އަޅުކަން ކުރެވޭ ތަންތަނުގެ ވެރިރަށް ކަން ނޭނގެނީ ކާކަށް ހޭ؟ އަދި އެކަލާނގެ ސިފަފުޅުގައި ސީދާ އުޑުން ވެއްޓުނު ހިލަގަނޑު ވެސް ވަނީ މި ރަށުގައި ކަން ވެސް ނޭނގެނީ ކާކަށް ހޭ؟