Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:20 - ކިތާބުލް މުޤައްދަސާ

20 ތިޔަ ދައްކާ ބައެއް ވާހަކަތަކަކީ އަހަރެމެން އަދި ދުވަހަކު ވެސް އަހާފައި ނުވާ އާ ވާހަކަތަކެއް. އެހެން ކަމުން އޭގެ މާނައަކީ ކޮބައިކަން ބަލަން އަހަރެމެން ބޭނުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:20
15 ပူးပေါင်းရင်းမြစ်များ  

އެގޮތުން އެބޭކަލުންނަށް ފެނިދިޔަ އެކަންތައްތަކުގެ ވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނެ އެބޭކަލުން އެކަލޭގެފާނުގެ މިއަމުރުފުޅަށް ކިޔަމަންތެރިވި ނަމަވެސް ”⁠މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވުން⁠“ މި ބަސްފުޅާމެދު އެބޭކަލުންގެ މެދުގައި ވާހަކަ ދެކެވެމުން ދިޔައެވެ.


އީސާގެފާނުގެ ގިނަ އަސްޙާބީން މިބަސްތަކުގެ އަޑުއަހާފައި ބުންޏެވެ. ”⁠މިއަކީ ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން. ކާކަށް މިވާހަކަ ބަލައިގަނެވޭނީ؟⁠“


ޕަތަރަސް މި ފެނިދިޔަ ކަންތަކާ މެދު ހައިރާންވެ ވިސްނަން އިނެވެ. އަދި ހަމަ އެވަގުތު ކޮރުނޭލިޔުސް ފޮނުވި މީހުން ވެސް އެ ގެ ހޯދައިގެން އައިސް އެގޭގެ ދޮރުމަތީގައި ތިއްބެވެ.


ދެން މިމީހުން ޕައުލް އެ ރަށުގެ އަރެއޮޕާގުސް ދަރުބާރަށް އައުމަށް އެދި ދައުވަތުދީފަ މިފަދައިން ބުންޏެވެ. ”⁠ޕައުލް ކަލޭތިޔަ ކިޔަވާ ދެމުން ގެންދާ ވާހަކަތަކުގެ އަޑު އެހުމަށް އަހަރެމެން ވެސް ބޭނުން.


(އެމީހުން މިހެން ބުނި ކަމަކީ އެއީ އަތެންސްގެ މީހުންނާއި އެ ރަށުގައި އުޅޭ ބޭރުމީހުން ވެސް އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް ކުރާހިތްވާ ކަމަކީ އާ ކަންތައްތައް ހޯދާ ބެލުމެވެ.)


އެމީހުން ހައިރާންވެ މި ވާނުވާއެއް ނޭނގި އެކަކު އަނެކަކު ކުރެން ސުވާލު ކުރިއެވެ. ”⁠މި ވަނީ ކިހިނެއް ހޭ؟ މި ކަންތައްތަކުގެ މާނައަކީ ކޮބާ ހޭ؟⁠“


މިކަމާ ބެހޭގޮތުން ދައްކާނެ ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. އެހެންނަމަވެސް ކަލޭމެންނަށް މިކަންތައް އޮޅުންފިލުވައި ދިނުމަކީ އުނދަގޫ ކަމެކެވެ. އެއީ ކަލޭމެންގެ ފަހުމުވުން ކޮށިކަމުންނެވެ.


ތިޔަބައިމީހުންގެ ކުރީގެ ރަޙުމަތްތެރިން ކުރަމުން ދާ ނުބައި ނުލަފާ އަމަލުތައް ކުރުމަށް އެބައިމީހުންނާއި އެކުގައި ތިޔަބައިމީހުން ބައިވެރިނުވުމުން ހަމަ ޔަޤީނުން ވެސް އެ ރަޙުމަތްތެރިން ވަރަށް ބޮޑަށް ޙައިރާންވާނެއެވެ. އެހެންވީމާ، އެބައިމީހުންގެ ބަދުނާމު ކުރުން ތިޔަބައިމީހުންނާއި ކުރިމަތިވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ