މަންދޫބުންގެ މަސައްކަތް 17:18 - ކިތާބުލް މުޤައްދަސާ18 އޭގެތެރެއިން އެއްދުވަހަކު ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ތަފާތު ދެބަޔަކަށް ހިމެނޭ ބަޔަކު ޕައުލް އާއި ބަހުސް ކުރުމަށް އައެވެ. މިމީހުންގެ ތެރެއިން އެއްބަޔަކީ އެޕިކޫރިން ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. އަނެއްބަޔަކީ އިސްތޮއިކުގެ ފަލްސަފާވެރިކަމުގެ އިލްމު ކިޔަވައިގެން ތިބި ބަޔެކެވެ. މީގެތެރެއިން އެއްބަޔަކު ބުންޏެވެ. ”މި ތަނެއްދޮރެއް ނުދަންނަ މީހާ މި ކިޔަނީ ކޯންޗެކޭތަ؟“ އަދި އަނެއްބައިމީހުން އެކަކުއަނެކަކަށް ބުންޏެވެ. ”ހީވަނީ އޭނާ އެދައްކަނީ އެހެން ކޮންމެންމެސް ޤައުމެއްގެ ކަލާނގެތަކުގެ ވާހަކަ ހެން.“ މިމީހުންނަށް މިހެން ހީވި ކަމަކީ އެއީ ޕައުލް އީސާގެފާނާއި ބެހޭ ވާހަކަތަކާއި އަދި އެކަލޭގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވުނު ކަމާމެދު ވާހަކަދައްކަމުން ގެންދިޔައީތީއެވެ. အခန်းကိုကြည့်ပါ။ |
އެއީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙަށް އަނިޔާ ލިބިވަޑައިގެން މަރުވާނެ ކަން. އަދި މަރުވުމަށް ފަހު ފުރަތަމަ ދުނިޔެއަށް ވަޑައިގަންނަވާނެ ބޭކަލަކަށް އެކަލޭގެފާނު ވާނެކަން. އަދި މަރުވުމަށް ފަހު އެކަލޭގެފާނު އަލުން ދިރިވަޑައިގެން ދިންނެވުމުގެ އަލިކަން ބަނީއިސްރާއީލު މީހުންނަށާ އަދި ދުނިޔޭގެ އެންމެންނަށް ހާމަކުރައްވާނެ ކަން ވެސްމެ.“
ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”މިނިވަން ފިރިހެނުން“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.
އެއްވެސް މީހަކު ދައްކާ ޙަޤީޤަތެއް ނެތް ހުސްވާހަކަތަކާއި އޮޅުވާލުމުގެ ފަލްސަފާތަކުގެ މަޅީގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެފަދަ ވާހަކަތައް ބިނާވެފައި ވަނީ އިންސާނީ ވިސްނުމުގެ މައްޗަށެވެ. އެއީ ކާއިނާތުގެ މައްޗަށް ވެރިވެގެންފައިވާ ރޫހުތަކުގެ އާދަކާދަތަކާ އެއްގޮތްވާ އަސާސްތަކެވެ. އެޔަކީ އަލްމަސީޙުގެ ފަރާތްޕުޅުން އަންނަ ޙިކުމަތްތަކެއް ނޫނެވެ.