Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:16 - ކިތާބުލް މުޤައްދަސާ

16 ޕައުލް އަތެންސްގައި ސިލާހު އާއި ތިމޮތީ އަންނަންދެން މަޑު ކުރި މަޑު ކުރުމުގައި އެ ރަށް ފުރެންދެން ވާ ބުދުގެ ކަލާނގެ ތަން ފެނުމުން ހިތްނުތަނަވަސްވެ ކަންބޮޑުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:16
20 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ކޯފާވެވަޑައިގެންހުންނަވާ ވަށައިގެންވީ މީސްތަކުންނާއި ދިމާއަށް ބައްލަވައި ލެއްވިއެވެ. ނަމަވެސް އެމީހުންގެ ގޮތްދޫނުކުރުމާއި ހިތްހަރު ކަމުގެ ސަބަބުން އެމީހުންނާއި މެދު އެކަލޭގެފާނު އެވަގުތު ވެސް ހިތާމަ ކުރެއްވިއެވެ. ދެން އަތް ވައުވެފައި ވީ ފިރިހެނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިބާގެ އަތް ދަމާލާ.⁠“ އެ ފިރިހެނާ އޭނާގެ އަތް ދަމާލިއެވެ. އަދި އޭނާގެ އަތް ފުރިހަމައަށް ރަނގަޅު ވިއެވެ.


ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ވަރަށް ކައިރިވެފައެވެ. އެހެން ކަމުން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


ޕައުލް ގޮވައިގެން ދިޔަ މީހުން އޭނާއާއި އެކު އަތެންސް އާއި ހަމައަށް ދިއުމަށް ފަހު އެނބުރި ބެރޭއާ އަށް އައެވެ. އެމީހުން އައިސް ސިލާހު އާއި ތިމޮތީ ވީހާ ވެސް އަވަހަކަށް ޕައުލް ހުރިތަނަށް އައުމަށް އެންގި ކަމުގެ ޚަބަރު އެމީހުންނަށް ދިނެވެ.


(އެމީހުން މިހެން ބުނި ކަމަކީ އެއީ އަތެންސްގެ މީހުންނާއި އެ ރަށުގައި އުޅޭ ބޭރުމީހުން ވެސް އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް ކުރާހިތްވާ ކަމަކީ އާ ކަންތައްތައް ހޯދާ ބެލުމެވެ.)


އެއީ އަހަރެން މި ރަށުތެރެ ބަލާލަން ދިޔަ ދިއުމުގައި ތިޔަބައިމީހުން އަޅުކަން ކުރާ ކަލާނގެތަކަށް ޚާއްސަކުރެވިފައިވާ އެތައް މަޤާމުފުޅުތަކެއް އަހަރެން ދެކުނީމޭ. އަދި އޭގެން އެއް މަޤާމުފުޅެއްގައި ’⁠އެކަލާނގެއަކާއި މެދު އަހަރެމެންނަށް ނޭނގޭ ކަލާނގެ⁠‘ މި ފަދައިން ލިޔެވިގެންވާ މަޤާމުފުޅެއް ވެސް އަހަރެން ދެކުނީމޭ. މި ކަލާނގެއަށް ކަލޭމެން މި ހުރިހާ ދުވަހު އަޅުކަން ތި ކުރަނީ އެކަލާނގެއަކީ ކޮބާ ކަން ނޭނގި ތިބެއޭ އަހަރެން މީސްތަކުންނަށް އަންގައިދެމުން މި ދަނީ މި ކަލާނގެއާއި ބެހޭ ގޮތުންނޭ.


މިއަށް ފަހު ޕައުލް އަތެންސްއިން ފުރައިގެން ކޮރިންތުއަށް ދިޔައެވެ.


އަދި މިހާރު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެންގެވުމަށް ކިޔަމަންވުމުގެ ގޮތުން އަހަރެން މި ދަނީ ޖެރޫސަލަމަށް. ނަމަވެސް އެ ރަށުގައި އަހަރެންނާއި ދޭތެރޭ ކަންތައް ވާނީ ކިހިނަކުން ކަމެއް އެއްގޮތަކަށް ވެސް އަހަރެންނަކަށް ނޭނގެ.


ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށްޓަކައި އަހަރެމެން ވަނީ ކެތްތެރިކަން ކޮޅުންލައިފައެވެ. އެއީ ތިޔަބައިމީހުންނާއިމެދުގައި އެއްވެސް ޚަބަރެއް ލިބިގެންނުވާތީއެވެ. އެހެންވީމާ، އެންމެ ރަނގަޅު ގޮތެއް ކަމުގައި އަހަރެމެން ނިންމީ ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވައި އަދި އަތެންސްގައި އަހަރެންނާއި ސިލާހު މަޑުކުރުމެވެ.


ނަމަވެސް އެ ހިނދު ލޫތުގެފާނު ސަދޫމުން ނެރުއްވައި އެކަލޭގެފާނު ސަލާމަތް ކޮށްދެއްވީ އެކަލޭގެފާނުގެ ވަށައިގެންވާ އެންމެހައި ފާފަވެރި ވަޙުޝީ އަމަލުތަކުން ހިތްދަތިވެފައި އެކަލޭގެފާނު ސާލިޙު ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ