Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:15 - ކިތާބުލް މުޤައްދަސާ

15 ޕައުލް ގޮވައިގެން ދިޔަ މީހުން އޭނާއާއި އެކު އަތެންސް އާއި ހަމައަށް ދިއުމަށް ފަހު އެނބުރި ބެރޭއާ އަށް އައެވެ. އެމީހުން އައިސް ސިލާހު އާއި ތިމޮތީ ވީހާ ވެސް އަވަހަކަށް ޕައުލް ހުރިތަނަށް އައުމަށް އެންގި ކަމުގެ ޚަބަރު އެމީހުންނަށް ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:15
11 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ ޖަމާޢަތުގެ މީހުން މި ވަފުދު ޖެރޫސަލަމަށް ފޮނުވުމުގެ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާދިނެވެ. މިމީހުން ފެނީސިޔާއާއި ސަމީރިއްޔާގެ ތެރެއިން ދަތުރުކޮށް ދިޔަމަގުމަތީ ބަނީއިސްރާއީލު މީހުން ނޫން މީހުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަމުން ދާ ކަމުގެ ޚަބަރުތައް ދެމުން ދިޔައެވެ. މި ޚަބަރު ލިބުމުން އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ހިތްތައް އުފަލުން ފުރުނެވެ.


ދެން އީސާގެފާނަށް އީމާންވެގެންވީ މީހުން އަވަސް އަވަހަށް ޕައުލް ބަނދަރުމަތީ ރަށަކަށް ފޮނުވާލިއެވެ. ނަމަވެސް ސިލާހު އާއި ތިމޮތީ ބެރޭއާގައި މަޑު ކުރިއެވެ.


ޕައުލް އަތެންސްގައި ސިލާހު އާއި ތިމޮތީ އަންނަންދެން މަޑު ކުރި މަޑު ކުރުމުގައި އެ ރަށް ފުރެންދެން ވާ ބުދުގެ ކަލާނގެ ތަން ފެނުމުން ހިތްނުތަނަވަސްވެ ކަންބޮޑުވިއެވެ.


(އެމީހުން މިހެން ބުނި ކަމަކީ އެއީ އަތެންސްގެ މީހުންނާއި އެ ރަށުގައި އުޅޭ ބޭރުމީހުން ވެސް އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް ކުރާހިތްވާ ކަމަކީ އާ ކަންތައްތައް ހޯދާ ބެލުމެވެ.)


ދެން ޕައުލް އެމީހުންގެ މެދަށް ކޮޅަށް ތެދުވެ އެމީހުންނާ މުޚާޠަބުކޮށް މި ފަދައިން ވާހަކަދެއްކިއެވެ. ”⁠އަތެންސްގެ މީހުންނޭ، ތިޔަބައިމީހުންނަކީ ހުރިހާ ކަމެއްގައި ވެސް ވަރަށް ދީންވެރިބައެއް ކަން އަހަރެންނަށް ފާހަގަ ކުރެވެއޭ.


މިއަށް ފަހު ޕައުލް އަތެންސްއިން ފުރައިގެން ކޮރިންތުއަށް ދިޔައެވެ.


ދެން ސިލާހު އާއި ތިމޮތީ މެސެޑޯނިޔާއިން އެރަށަށް އައެވެ. ޕައުލް ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދިޔައީ ބަނީއިސްރާއީލު މީހުންނަށް އީސާގެފާނަކީ މާތްރަސްކަލާނގެ ކަނޑައަޅުއްވާ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައިވާ އަލްމަސީޙު ކަން އަންގައިދީ ހާމަކޮށް ދިނުމުގައެވެ.


ތިޔަބައިމީހުންގެ ކައިރިއަށް ދިއުމަށްޓަކައި އަހަރެމެން ވަނީ ކެތްތެރިކަން ކޮޅުންލައިފައެވެ. އެއީ ތިޔަބައިމީހުންނާއިމެދުގައި އެއްވެސް ޚަބަރެއް ލިބިގެންނުވާތީއެވެ. އެހެންވީމާ، އެންމެ ރަނގަޅު ގޮތެއް ކަމުގައި އަހަރެމެން ނިންމީ ތިމޮތީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުވައި އަދި އަތެންސްގައި އަހަރެންނާއި ސިލާހު މަޑުކުރުމެވެ.


އަހަރެން މި ވިސްނަނީ އަރުތެމާހު ނޫނީ ތިޚީކުސް ތިބާގެ ކައިރިއަށް ފޮނުވުމަށެވެ. މީގެތެރެއިން އެކަކު ދިއުމާއެކު ތިބާއަށް ވީ އެންމެ އަވަސް ގޮތަކުން ނިކޯޕޮލިސްގައި އަހަންނާއި ބައްދަލު ކުރެވޭތޯ ބަލާށެވެ. ފިނި މޫސުމުގައި އެރަށުގައި މަޑުކުރުމަށް އަހަރެން މިހިރީ ނިންމައިގެންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ