Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:13 - ކިތާބުލް މުޤައްދަސާ

13 ނަމަވެސް ތިސަލޯނިކާގެ ބަނީއިސްރާއީލު މީހުންނަށް ޕައުލް ބެރޭއާގައި މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަންގައިދިން ކަން އެނގުމުން އެ ރަށަށް ވެސް އައިސް އެ ރަށުގައި ވެސް މީސްތަކުންގެ މެދުގައި ހަމަ އެ ގޮތަށް ހަމަނުޖެހުން އުފެއްދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:13
14 ပူးပေါင်းရင်းမြစ်များ  

ރުޅިގަދަ މީހާ ޒުވާބެއް ފަށައެވެ. މައިތިރި މީހާ އެ ޒުވާބު ފިނި ކުރެއެވެ.


ދަހިވެތިކަން ތަޅާފޮޅުމެއްގެ ސަބަބަކަށް ވެދެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރުމުން ތަނަވަސްކަން ލިބެއެވެ.


”⁠ދީނުގެ ދަންނަބޭކަލުންނާއި ފަރީސީންނަށް ހިތާމަ ހުރި! ކަލޭމެންނަކީ މުނާފިޤުބައެއް! އެހެނީ ކަލޭމެންނީ މާތްރަސްކަލާނގެ ރަސްކަންފުޅުގެ ދޮރުކޮޅު މީސްތަކުންނަށް ބަންދުކޮށްގެން ތިބި މީހުން. ކަލޭމެން އަމިއްލައަކަށް ވެސް އެތަނަކަށް ނުވަން، އަދި ވަންނަން ދާ މީހުން ވަނަކަވެސް ނުދޭ!


ކަލޭމެން ހީކުރަނީ އަހަރެން މި ދުނިޔެއަށް މިއައީ ދުނިޔެ ސުލްޙަ ކުރަން ކަމަށް ތަ؟ ނޫން. ބުނަން ތަ؟ އަހަރެން މިއައީ ބައިބައި ކުރުމަށް.


ނަމަވެސް ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާން ނުވި މީހުން އެތާނގައި ވީ މާތްރަސްކަލާނގެއަށް އީމާންވެގެން ތިބި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ހިތްތަކުގައި އީސާގެފާނަށް އީމާންވި މީހުންނާއި މެދު ނަފްރަތު އުފައްދާ ދެކޮޅުވެރި ކުރުވިއެވެ.


ޕައުލް އާއި ސިލާހު އަންފީޕޮލިސް އާއި އަޕޮލޯނިޔާގެ ތެރެއިން ދަތުރުކޮށް ގޮސް ތިސަލޯނިކާއަށް ދިޔައެވެ. އެ ރަށުގައި ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒެއް ވިއެވެ.


ރޭގަނޑުވުމާއި އެކު އީމާންވެގެންވީ މީހުން ޕައުލް އާއި ސިލާހު އެ ރަށުން ބެރޭއާއަށް ފޮނުވާލިއެވެ. އެ ރަށަށް ގޮސް، އެމީހުން އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ދިޔައެވެ.


ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ.


އެދަތުރުގައި ޕައުލް އާއިއެކު ދިޔަ މީހުންނަކީ ތިމޮތީ އާއި، ބެރޭއާގެ މީހެއް ކަމުގައި ވީ ޕިއްރުސްގެ ދަރި ސޮއްޕަތެރު އާއި ތިސަލޯނިކާގެ ދެމީހުން ކަމުގައި ވީ އަރިސްތާރުކުއާއި، ސެކުންދުސް އާއި، ދެރުބޭގެ މީހެއް ކަމުގައި ވީ ގާޔުސް އާއި، އަދި އޭޝިޔާގެ ދެމީހުން ކަމުގައި ވީ ތިޚީކުސް އާއި، ތުރޯފިމުސް އެވެ.


ދެން މި ކަންތައްތައް ކުރަން ޖެހޭ ދުވަސްތައް ކަމަށްވާ ހަތްދުވަސް ނިމެން ކައިރިވެފައި ވަނިކޮށް އޭޝިޔާގެ ބަނީއިސްރާއީލު ބަޔަކަށް ޕައުލް ބައިތުލް މަޤްދިސްގެތެރެއިން ފެނުނެވެ. އެމީހުން މީސްތަކުން ޕައުލްއާއި ދެކޮޅު ކުރުވާ ހަމަނުޖެހުން އުފައްދާ ޕައުލް ހިފެހެއްޓިއެވެ.


މިއަޑުއަހާ މީސްތަކުންނާއި ބަނީއިސްރާއީލުގެ ބޮޑުންނާއި އަދި ދީނުގެ ދަންނަބޭކަލުން ރުޅިއައެވެ. އަދި މިމީހުން އިސްތިފާނު ހައްޔަރުކޮށް ބަނީއިސްރާއީލުންގެ ދީނީ ކޯޓަށް ގެނައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ