Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 17:1 - ކިތާބުލް މުޤައްދަސާ

1 ޕައުލް އާއި ސިލާހު އަންފީޕޮލިސް އާއި އަޕޮލޯނިޔާގެ ތެރެއިން ދަތުރުކޮށް ގޮސް ތިސަލޯނިކާއަށް ދިޔައެވެ. އެ ރަށުގައި ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒެއް ވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 17:1
13 ပူးပေါင်းရင်းမြစ်များ  

ޕައުލް އާއި ބަރުނައްބާސް އިކޯނިޔުމްގައި ވެސް ހަމަ އަންތީޔޮކުގައި ކަން ކުރި ފަދައިން ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް އެއްވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ބަސްފުޅުތަކާ މެދު ވަރަށް ފުރިހަމަ ކަމާއިއެކު ވާހަކަ ދެއްކިއެވެ. މި ބަސްތައް އަޑު އެހި އެތައް ބަނީއިސްރާއީލު މީހުންނާއި އަދި އެހެން ވެސް މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެންވީ މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވިއެވެ.


އެއީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގަވާއިދުތަކާއި ޤާނޫނުތައް ކޮންމެ ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒުތަކުގައި ކިޔެމުން ދާ ތާ އެތައް ޒަމާނެއް ވެއްޖެ. އަދި ކޮންމެ ރަށެއްގައި ވެސް އެކަލޭގެފާނުގެ ބަސްފުޅުތައް ވެސް ވަނީ އަންގައިދެއްވިފަ.⁠“


ޖެހިގެން އައި ސަބަތުގެ ދުވަހު އަހަރެމެން އެ ރަށުގެ ބޮޑު ދޮރާށިން ނުކުމެގެން ކޯރުގެ އައްސޭރިއަށް ދިޔައީމެވެ. އެއީ އެ ރަށުގައި އުޅޭ ބަނީއިސްރާއީލު މީހުން ދުޢާ ކުރުމަށް އަންނާނެ ތަނަކީ އެތަން ހެން އަހަރެމެންނަށް ހީވާތީއެވެ. އަހަރެމެން އެތާ އިށީނދެ އެތަނަށް އެއްވެފައިވާ އަންހެނުންގެ ބަޔަކާ ވާހަކަ ދެއްކީމެވެ.


ރޭގަނޑުވުމާއި އެކު އީމާންވެގެންވީ މީހުން ޕައުލް އާއި ސިލާހު އެ ރަށުން ބެރޭއާއަށް ފޮނުވާލިއެވެ. އެ ރަށަށް ގޮސް، އެމީހުން އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ދިޔައެވެ.


ތިސަލޯނިކާގައި ވީ ބަނީއިސްރާއީލު މީހުންނަށް ވުރެ މި ރަށުގައި ވީ ބަނީއިސްރާއީލު މީހުންގެ އަދަބާ އަޚުލާގު މާ ރަނގަޅެވެ. އެއީ އެމީހުން ޕައުލް އަންގާދެމުން ދިޔަ ބަސްތައް ވަރަށް ޝައުޤުވެރިކަމާއި އެކު ކަނުލާ އަޑުއަހާ އަދި ކޮންމެ ދުވަހަކު މާތްރަސްކަލާނގެ ބަސްފުޅުތައް ލިޔެވިގެންވީ ފޮތްކޮޅު ކިޔާ ޕައުލް އެ ބުނާ ބަސްތަކަކީ ތެދުތޯ ބަލާ ހޯދާ ވެސް ހެދިއެވެ.


ނަމަވެސް ތިސަލޯނިކާގެ ބަނީއިސްރާއީލު މީހުންނަށް ޕައުލް ބެރޭއާގައި މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ ޚަބަރު އަންގައިދިން ކަން އެނގުމުން އެ ރަށަށް ވެސް އައިސް އެ ރަށުގައި ވެސް މީސްތަކުންގެ މެދުގައި ހަމަ އެ ގޮތަށް ހަމަނުޖެހުން އުފެއްދިއެވެ.


އެދަތުރުގައި ޕައުލް އާއިއެކު ދިޔަ މީހުންނަކީ ތިމޮތީ އާއި، ބެރޭއާގެ މީހެއް ކަމުގައި ވީ ޕިއްރުސްގެ ދަރި ސޮއްޕަތެރު އާއި ތިސަލޯނިކާގެ ދެމީހުން ކަމުގައި ވީ އަރިސްތާރުކުއާއި، ސެކުންދުސް އާއި، ދެރުބޭގެ މީހެއް ކަމުގައި ވީ ގާޔުސް އާއި، އަދި އޭޝިޔާގެ ދެމީހުން ކަމުގައި ވީ ތިޚީކުސް އާއި، ތުރޯފިމުސް އެވެ.


އަހަރެމެން އިޓަލީއަށް ދިއުމަށް ދަތުރު ފެށީ އަދުރަމީތުންގެ އޮޑިއެއްގައެވެ. މި އޮޑި ވަނީ މި ދަތުރުގައި އޭޝިޔާގެ ތަފާތު ބަނދަރުތަކަށް ދިއުމަށް ވެސް ހަމަޖެހިފައެވެ. އޭރު މެސެޑޯނިޔާގެ ރަށެއް ކަމަށްވާ ތިސަލޯނިކާގެ އަރިސްތާރުކު އޭ ކިޔުނު މީހަކު ވެސް މި ދަތުރުގައި އެއޮޑިން އަހަރެމެންނާއި އެކު ދިޔައެވެ.


މީގެ އިތުރުން އަހަރެން ތިސަލޯނިކާގައި ވީހިނދުގައި ވެސް މެއެވެ. އަހަރެން އެހީތެރިކަމަށް ބޭނުންވެފައިވީ ހިނދު އެ އެހީތެރިކަން ތިޔަބައިމީހުން ފޯރު ކޮށްދިނީ އެންމެ ފަހަރަކު ނޫނެވެ. ދެފަހަރު މަތިން ވެސް ފައިސާގެ އެހީ ފޮނުވައި ދިނީމުއެވެ.


ޕައުލް އާއި ސިލާހު އަދި ތިމޮތީގެ ފަރާތުން ތިސަލޯނިކާގެ މަސީޙީ ޖަމާޢަތުގައިވާ ހުރިހާ އެންމެންނަށް ލިޔެ ތަހުނިޔާ ފޮނުވަމެވެ. ތިޔަބައިމީހުންނީ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެއާއި އަދި މާތްސާހިބާ އީސާ އަލްމަސީޙަށް މިލްކުވެފައިވާ ބަޔަކީމުއެވެ. ތިޔަ ހުރިހާ އެންމެންނަށް ނިޢުމަތާއި ސުލްޙަވެރިކަން ދެއްވާށިއެވެ.


ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.


މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި މާތްސާހިބާ އީސާ އަލްމަސީޙަށް އީމާންވެގެންވީ ތިސަލޯނިކާގެ މަސީޙީ ޖަމާޢަތަށް ޕައުލް، ސިލާހު އަދި ތިމޮތީގެ ފަރާތުން ސިޓީ ލިޔެ ފޮނުވަމެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ