Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 16:40 - ކިތާބުލް މުޤައްދަސާ

40 ޕައުލް އާއި ސިލާހު ޖަލުން ނުކުމެގެން ދިޔައީ ލީދިޔާގެ ގެއަށެވެ. އެގޭގައި އީސާގެފާނަށް އީމާންވެގެން ތިބި މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދެއްކުމަށް ފަހު އެމީހުން އެ ރަށުން ފުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 16:40
10 ပူးပေါင်းရင်းမြစ်များ  

އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ.


ލިސްތުރާ އާއި އިކޯނިޔުމްގެ އީސާގެފާނަށް އީމާންވެގެންވީ އެންމެން ވެސް މި ތިމޮތީ އާއި ބޭހޭ ގޮތުން ވަރަށް ރަނގަޅު ވާހަކަތައް ދައްކައެވެ.


ޕަތަރަސްއާއި ޔޫޙަންނާ ދޫކޮށްލުމުން އެމީހުން ދިޔައީ އީސާގެފާނުގެ މައްޗަށް އީމާންވެގެން ތިބި މީހުންނާއި ބައްދަލު ކުރުމަށެވެ. ޕަތަރަސްއާ ޔޫޙަންނާ އެމީހުންނަށް ބަނީއިސްރާއީލުގެ ބޮޑު އިމާމުންނާއި ބަނީއިސްރާއީލުގެ ބޮޑުން ބުނި ހުރިހާ އެއްޗަކާއި ކަން ކުރި ގޮތް ކިޔާދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ