Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 16:39 - ކިތާބުލް މުޤައްދަސާ

39 ދެން އެމީހުން ޕައުލް އާއި ސިލާހުގެ ކައިރިއަށް އައިސް މި ވީ ކަންތައްތަކަށް އެމީހުންގެ ކިބައިން މަޢާފަށް އެދުނެވެ. އަދި އެމީހުން ޖަލުން ނެރެ އެމީހުންގެ ކިބައިން އެރަށުން ދިއުމަށް އެދުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 16:39
10 ပူးပေါင်းရင်းမြစ်များ  

މިޞްރުގެ ހުރިހާ ވަޒީރުން އައިސް އަޅުގަނޑުގެ ކުރިމައްޗަށް ބިންމައްޗަށް ވެއްޓި ކުރުނީސްކޮށް މިހެން އާދޭސް ކުރާނެ. ’⁠މިރަށުން ކަލޭމެން އަވަހަށް ދާށޭ. ކަލޭމެން ދާއިރު ކަލޭމެންގެ މީހުން ވެސް ގެންދާށޭ.⁠‘ އޭރުން އަޅުގަނޑު މިރަށުން ފައިބައިގެން ހިނގައިދާނަން!⁠“ ދެން މޫސާގެފާނު ވަރަށް ކޯފާވެ ހުންނަވައިގެން އެތަނުން ވަޑައިގެންފިއެވެ.


އެ ސަހަރުގެ ހުރިހާ އެންމެން އީސާގެފާނާއި ބައްދަލު ކުރުމަށް އައެވެ. އެމީހުންނަށް އެކަލޭގެފާނު ފެނުނު ހިނދު، އެމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންނެވުމަށް އެދި އެމީހުން އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ.


އެއަށް ފަހު މީސްތަކުން އީސާގެފާނަށް އާދޭސްކޮށް އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށް ދެންނެވިއެވެ.


ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ