Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 16:36 - ކިތާބުލް މުޤައްދަސާ

36 ދެން ޖަލު ބަލަހައްޓާ މީހާ ޕައުލް އަށް ބުންޏެވެ. ”⁠ކަލޭމެން ދޫކޮށްލުމަށް ރޯމު ސަރުކާރުގެ ފަނޑިޔާރުން އަންގައިފި. ވީމާ މިހާރު ކަލޭމެން ތިއީ މިނިވަނުން. އުފާވެރިކަމާއި އެކު ހިތްހަމަޖެހިގެން ދޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 16:36
13 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެ ޔަޘްރޫ ގާތަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ ތިމާގެމީހުންގެ ހާލު ބަލާލަން ގޮސްފައި އައުމުގެ ހުއްދަ ދެއްވާ. މިހާރު އެމީހުން ދުނިޔޭގައި ތިބި ނެތް ކަމެއް ވެސް ނޭނގެ.⁠“ ”⁠ސަލާމަތް ކަމާއެކު ދޭ!⁠“ ޔަޘްރޫ ބުންޏެވެ.


އީސާގެފާނު މި ކަނބުލޭގެއަށް ވިދާޅުވިއެވެ. ”⁠ކަނބުލޭގެ ބަލި ފަސޭހަވެފައި ތިޔަވަނީ ކަނބުލޭގެ އީމާންތެރިކަމުގެ ސަބަބުން. ސުލްޙަވެރި ކަމާއެކުގައިދޭ. އަދި އެ އުނދަގުލުން ތިޔަ ވަނީ މިނިވަންކުރެވިގެން.⁠“


އަހަރެން ކަލޭމެންނާއި ވަކިވެ މިދަނީ ކަލޭމެންނަށް ހަދިޔާއެއް ދީފައި، އެ ހަދިޔާއަކީ ފުރާނައިގެ ހިތްހަމަޖެހުން. މި ހިތްހަމަޖެހުމަކީ އަހަރެންގެ ފަރާތުން ކަލޭމެންނަށް ލިބިދޭ ހިތްހަމަޖެހުމެއް. އަދި މިދުނިޔޭގެ އެއްވެސް އުފަލަކުން ކަލޭމެންނަކަށް ފުރާނައިގެ ހިތްހަމަ ޖެހުމެއް ނުހޯދޭނެ. ވީމާ އެއްވެސް ކަމަކާއި ކަންބޮޑުވެ ބިރުގަނެގެން ނޫޅޭ.


ދެން ދުވަސްކޮޅަކަށް ފަހު ބަރުސައްބާސް އާއި ސިލާހު އެނބުރި ޖެރޫސަލަމަށް އެމީހުން ފޮނުވި މީހުންގެ ކަރިއަށް ދިޔައެވެ. އެމީހުން ދިޔައީ އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ އެންމެންގެ ހެޔޮއެދުން ލިބިގެންނެވެ.


ޕައުލް އާއި ސިލާހު ގައިގައި އެތައް ތެޅުމެއް ތެޅުމަށް ފަހު އެމީހުން ޖަލަށް ލާ އެ ޖަލުބަލަހައްޓާ މީހާއަށް ޖަލު ރަނގަޅަށް ތަޅުލުމަށް އެންގިއެވެ.


މި ޖަލު ބަލަހައްޓާ މީހާ ހޭލައިގެން އައިސް ބެލިއިރު ޖަލުގެ ހުރިހާ ދޮރެއް ހުޅުވިފަ ވާތަންފެނުމުން އޭނާ ހީކުރީ ޖަލުގައިވާ އެންމެން ފިލައިގެން ދިޔައީ ކަމުގައެވެ. އެހެން ހީކޮށް އޭނާ އަމިއްލެއަށް މަރުވާން ގަސްތުކޮށް އޭނާގެ ކަނޑި ނެގިއެވެ.


އަނެއްދުވަހުގެ ހެނދުނު ރޯމު ސަރުކާރުގެ ފަނޑިޔާރުން ސިފައިންގެ އޮފިސަރުން ފޮނުވާ ޖަލުބަލަހައްޓާ މީހާއަށް ބުންޏެވެ. ”⁠އެ ދެމީހުން މިނިވަންކޮށް ދޫކޮށްލާ.⁠“


ޢާލީ ޖަވާބުދިނެވެ. ”⁠ސަލާމަތް ކަމާއެކު ދޭ! އިސްރާއީލުގެ ވެރި މާތްކަލާނގެ ކަލޭގެ ދުޢާ އިޖާބަ ކުރައްވާށި.⁠“


ޔޫނަތައިން ދާއޫދަށް ބުންޏެވެ. ”⁠ސަލާމަތް ކަމާއެކު ދޭ. އަހަރެމެން ދެމީހުން މިތިބީ ރައްޓެހިކަން ނުކެނޑުމަށް މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން. އަހަރެންގެ ދަރިކޮޅުގެ މީހުންނާއި ކަލޭގެ ދަރިކޮޅުގެ މި ގުޅުން ދާއިމަށް ދަމަހައްޓާނެ ކަމަށް މާތްރަސްކަލާނގެ ހެކި ކޮށް ވަޢުދު ކޮށްގެން.⁠“ ދެން ދާއޫދު އެތަނުން ހިނގައްޖެއެވެ. ޔޫނަތައިން ވެސް ސަހަރަށް ހިނގައްޖެއެވެ.


އަބީޖާއިލް ގެނައި ހަދިޔާތައް ދާއޫދު ގަބޫލު ކޮށްފިއެވެ. އަދި ބުންޏެވެ. ”⁠ސަލާމަތްތެރި ކަމާއެކު ގެއަށް ދޭ. ކަލޭގެ ކަންތައް ކަލޭ އެދުނު ގޮތުގެ މަތިން ފުރިހަމަ ކޮށްދޭނަން.⁠“


އެހެންވެ ކަލޭ ހުރި ރަށަށް ސަލާމަތް ކަމާއެކު ދޭ. ފިލިސްޠީނުންގެ ވެރިން ނުރުހޭ ކަމެއް ނުކުރާތި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ