މަންދޫބުންގެ މަސައްކަތް 16:29 - ކިތާބުލް މުޤައްދަސާ29 ދެން ޖަލުބަލަހައްޓާ މީހާ ބައްތިއެއް ދިއްލައިގެން ގެންނަން އެންގިއެވެ. އެބައްތި ގެނައުމުން އޭނާ ޖަލުތެރެއަށް ވަދެގެން ދިޔަގޮތަށް ގޮސް ތުރުތުރު އަޅަމުން ޕައުލް އާއި ސިލާހުގެ ފައިދަށަށް ތިރިވިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ޕައުލް ރަނގަޅަށް ސީދާ ކަން މަތީ އުޅުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަދި މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ ދުވަހުގެ ވާހަކަ ބުނުމުން ފެލިކުސް ވަރަށް ބޮޑަށް ބިރުގަތެވެ. ދެން އޭނާ ޕައުލް އަށް ވިދާޅުވިއެވެ. ”ދެން މި ވަގުތު ކަލޭ ދޭ. އެހެން ފަހަރަކުން އަހަންނަށް ވަގުތު ވީމާ އަހަރެން ކަލެއާއި ބައްދަލުވާނަން.“
ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.