މަންދޫބުންގެ މަސައްކަތް 16:28 - ކިތާބުލް މުޤައްދަސާ28 ނަމަވެސް އެވަގުތު ޕައުލް ހަޅޭއްލަވައިގަތެވެ. ”ކަލޭގެ ހަށިގަނޑަށް އަނިޔާއެއް ނުދީ. އަހަރެމެން އެންމެން މި ތިބީ މިތާ. އެކަކު ވެސް މިތާކުން ނުދޭ.“ အခန်းကိုကြည့်ပါ။ |
އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.