Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 16:27 - ކިތާބުލް މުޤައްދަސާ

27 މި ޖަލު ބަލަހައްޓާ މީހާ ހޭލައިގެން އައިސް ބެލިއިރު ޖަލުގެ ހުރިހާ ދޮރެއް ހުޅުވިފަ ވާތަންފެނުމުން އޭނާ ހީކުރީ ޖަލުގައިވާ އެންމެން ފިލައިގެން ދިޔައީ ކަމުގައެވެ. އެހެން ހީކޮށް އޭނާ އަމިއްލެއަށް މަރުވާން ގަސްތުކޮށް އޭނާގެ ކަނޑި ނެގިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 16:27
9 ပူးပေါင်းရင်းမြစ်များ  

އަޚީތޫފަލު ދިން މަޝްވަރާ އިސްރާއީލީންގެ ކުރިމަތީގައި ބޭކާރު ވުމުން އޭނާގެ ހިމާރުމަތީ ގޮނޑިބަނދެ އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އޭނާ ގެޔަށް ގޮސް ގޭމީހުންނަށް ވަސިއްޔަތްކޮށް ހަދާފައި ގޮސް އޭނާ އަމިއްލައަށް ދަންޖެހިގެންފިއެވެ. އޭނާ މަރުވީމާ މީހުން ގޮސް އޭނާގެ އާއިލާގެ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.


ދެން ޔުދާސް އެ ފައިސާތައް ބައިތުލް މަޤްދިސްގެ ތެރެއަށް އުކާލިއެވެ. އެއަށް ފަހު އޭނާ ގޮސް އަމިއްލައަށް ދަންޖެހި މަރުވިއެވެ.


ދެން ހެރޮދު ރަސްގެފާނު ސިފައިންނަށް ޕަތަރަސް ހޯދުމަށް އަމުރުކުރިއެވެ. ނަމަވެސް އެމީހުންނަކަށް ޕަތަރަސް ވީތަނެއް ނުހޯދުނެވެ. ދެން އޭނާ ޖަލު ބަލަހައްޓަން ތިބި ސިފައިންނާއި ސުވާލުކޮށް ތަޙުޤީޤު ކުރުމަށް ފަހު އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރިއެވެ. ދެން މިއަށް ފަހު ހެރޮދު ދުވަސްކޮޅަކަށް ޖުދެއާކަރަ ދޫކޮށް ގޮސް ކައިސަރިޔާގައި ހުއްޓެވެ.


ނަމަވެސް އެވަގުތު ޕައުލް ހަޅޭއްލަވައިގަތެވެ. ”⁠ކަލޭގެ ހަށިގަނޑަށް އަނިޔާއެއް ނުދީ. އަހަރެމެން އެންމެން މި ތިބީ މިތާ. އެކަކު ވެސް މިތާކުން ނުދޭ.⁠“


ދެން ޖަލު ބަލަހައްޓާ މީހާ ޕައުލް އަށް ބުންޏެވެ. ”⁠ކަލޭމެން ދޫކޮށްލުމަށް ރޯމު ސަރުކާރުގެ ފަނޑިޔާރުން އަންގައިފި. ވީމާ މިހާރު ކަލޭމެން ތިއީ މިނިވަނުން. އުފާވެރިކަމާއި އެކު ހިތްހަމަޖެހިގެން ދޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ