26 ދެން ކުއްލިއަކަށް ވަރަށް ގަދަ ބިންހެލުމެއް އަޔެވެ. އަދި ޖަލުގެ ހުރިހާ ދޮރެއް ހުޅުވިގެން ދިޔައެވެ. އަދި ޖަލުގައި ވީ އެންމެންގެ ހިލިހިލާތައް ނެއްޓިގެން ދިޔައެވެ.
ކުއްލިއަކަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. މާތްރަސްކަލާނގެ މަލާއިކަތަކު އުޑުން ބިމަށް ވަޑައިގެން ހޮހަޅައިގެ ކައިރިއަށް ވަޑައިގަތެވެ. އަދި ހޮހަޅައިގެ ވަންނަ ދޮރުމަތީގައިވާ ހިލަ ފުރޮޅާލެއްވުމަށް ފަހު އެ ހިލައިގެ މަތީގައި އެ މަލާއިކަތާ އިށީނދެވަޑައިގެން އިންނެވިއެވެ.
އެމީހުން އެތާނގައި ފޯރިއަށް ތިބި ސިފައިންގެ ދެބައި ވެސް ކަޑަތުކޮށް ދިޔައެވެ. އަދި އެމީހުން އެތާގެ ބޭރުގައިވާ ބޮޑު ދަގަނޑު ދޮރާށި ކައިރިއަށް އައުމާއި އެކު އެ ދޮރާށި އަމިއްލެއަށް ހުޅުވުނެވެ. ދެން އެމީހުން އެ ތަނުން ނުކުމެގެން ވަކިހިސާބަކަށް ހިނގާފައި ދިޔަތަނާ ކުއްލިއަކަށް އެމަލާއިކަތާ ޣައިބުވިއެވެ.
ދެން ކުއްލިއަކަށް ވިދުވަރެއް ފަދަ އައްޔެއް އެ ގޮޅި ތެރެއަށް އެޅިގެންދިޔައެވެ. އަދި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު އެތާނގައިވިއެވެ. އެމަލާއިކަތާ ޕަތަރަސް ހޭލެއްވުމަށް އޭނާ ގައިގައި ކޮއްޓާލާފައި ވިދާޅުވިއެވެ. ”އަވަސް ކުރޭ ތެދުވޭ.“ އެވަގުތު ޕަތަރަސްގެ އަތުގައިވާ ހިލިހިލާ ނެއްޓުނެވެ.
އެމީހުން ދުޢާ ކޮށް ނިމުނުވަގުތު ދުޢާ ކުރުމަށް އެމީހުން އެއްވެތިބި ތަން ގުޑައިގެން ދިޔައެވެ. އަދި އެމީހުންގެ މައްޗަށް މާތްރޫޙުފުޅުގެ ބާރުފުޅު ވެރިވިއެވެ. އެއަށް ފަހު ބިރެއް ނެތި އެމީހުން މާތްރަސްކަލާނގެ ބަސްފުޅުތައް މީސްތަކުންނަށް ހާމަކޮށް ކިޔާދެމުން ގެންދިޔައެވެ.
ނަމަވެސް އެރޭ މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަޑައިގެން ޖަލުގެ ދޮރު ހުޅުއްވާ އެ މަންދޫބުން ޖަލުން ބޭރަށް ނެރުއްވިއެވެ. އަދި އެމަލާއިކަތާ އެ މަންދޫބުންނަށް ވިދާޅުވިއެވެ.
ހަމައެވަގުތު ގަދަފަދަ ބިންހެލުމެއްއައިސް އެ ސަހަރުގެ ދިހަބައިކުޅަ އެއްބައި ނެތިކޮށްލިއެވެ. އެ ބިންހެލުމުގައި ހަތްހާސް މީހުން މަރުވެ ދިޔައެވެ. ދިރިތިބި މީހުން ވަރަށް ބިރުވެތި ވިއެވެ. އަދި އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ!
އަދި އެ ޅަކަންބަޅި ހަވަނަ ސިލު ވެސް ކަނޑާލިތަން އަހަރެން ދުށީމެވެ. އެ ހިނދު ގަދަފަދަ ވެގެންވާ ބިންހެލުމެއް ކުރިމަތިވިއެވެ. އަދި ކަޅު ކުލައިގެ ސުތުލިގޯންޏެއް ފަދައިން އިރު އަނދިރިވެގެން ދިޔައެވެ. ހަމައެހެންމެ، ލޭ ފަދައިން ރަތްކުލައަށް ހަނދު މުޅީން ބަދަލުވެގެން ދިޔައެވެ.