Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 16:23 - ކިތާބުލް މުޤައްދަސާ

23 ޕައުލް އާއި ސިލާހު ގައިގައި އެތައް ތެޅުމެއް ތެޅުމަށް ފަހު އެމީހުން ޖަލަށް ލާ އެ ޖަލުބަލަހައްޓާ މީހާއަށް ޖަލު ރަނގަޅަށް ތަޅުލުމަށް އެންގިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 16:23
21 ပူးပေါင်းရင်းမြစ်များ  

މި ޚިޔާނާތްތެރިޔާ، ޔުދާސް، އެމީހުންނަށް އަންގައިދީފައި ވަނީ މި އިޝާރާތުންނެވެ. ”⁠އަހަރެން ގޮސް ބޮސް ދޭނީ ތިޔަބައިމީހުން ބޭނުންވެފައިވާ މީހާއަށް. އޭނާ ހައްޔަރު ކުރޭ.⁠“


އެކަމަކު މިހުރިހާ ކަންތައް ވުމުގެ ކުރިން އެމީހުން ކަލޭމެންނަށް އުނދަގޫތައް ކޮށް އަނިޔާތައް ދޭނެ. އެމީހުން ކަލޭމެން ދީނީ މަރުކަޒު ތަކަށާއި ޖަލުތަކަށް ގެންދާނެ. އެމީހުން ކަލޭމެން ރަސްކަލުންނާއި ގަވަރުނަރުންގެ ކުރިމައްޗަށް ގެންދާނެ. މިހުރިހާ ކަމެއް ވެސް އެމީހުން ކަލޭމެންނަށް ކުރާނީ އަހަރެންގެ ސަބަބުން.


އަނެއްދުވަހު ފަތިހު ޖަލުގައި ފޯރިއަށް ތިބި ސިފައިންގެ މީހުންނަށް ޕަތަރަސްއަށް ވީނުވީއެއް ނޭނގި ކަންބޮޑުވެ ވަރަށްބޮޑަށް ހާސްވިއެވެ.


ޕަތަރަސް ޖަލުގައި ހައްޔަރު ކުރުމަށް ފަހު އޭނާ ގާޑު ކުރަން ހަތަރު ސިފައިންގެ ހަތަރު ގުރޫޕެއް ބޭތިއްބިއެވެ. ހެރޮދު ރަސްގެފާނު ގަސްތުކުރީ އެޢީދު ފާހަގަކޮށް ނިމުމުން އާއްމުންގެ ކުރިމައްޗަށް ގެނެސް އޭނާޔާ މެދު ޝަރީއަތް ކުރުމަށެވެ.


މި ޖަލު ބަލަހައްޓާ މީހާ ހޭލައިގެން އައިސް ބެލިއިރު ޖަލުގެ ހުރިހާ ދޮރެއް ހުޅުވިފަ ވާތަންފެނުމުން އޭނާ ހީކުރީ ޖަލުގައިވާ އެންމެން ފިލައިގެން ދިޔައީ ކަމުގައެވެ. އެހެން ހީކޮށް އޭނާ އަމިއްލެއަށް މަރުވާން ގަސްތުކޮށް އޭނާގެ ކަނޑި ނެގިއެވެ.


ދެން ޖަލު ބަލަހައްޓާ މީހާ ޕައުލް އަށް ބުންޏެވެ. ”⁠ކަލޭމެން ދޫކޮށްލުމަށް ރޯމު ސަރުކާރުގެ ފަނޑިޔާރުން އަންގައިފި. ވީމާ މިހާރު ކަލޭމެން ތިއީ މިނިވަނުން. އުފާވެރިކަމާއި އެކު ހިތްހަމަޖެހިގެން ދޭ.⁠“


މިމީހުން އީސާގެފާނުގެ މަންދޫބުން ހައްޔަރުކޮށް ޖަލަށް ލިއެވެ.


”⁠އަޅުގަނޑުމެން ދިޔައިރު ޖަލު ވަނީ ވަރަށް ރަނގަޅަށް ތަޅުލާފަ. އަދި އެތާގެ ގާޑުން ވެސް ދޮރުމަތީ ފޯރިއަށް ތިބި. ނަމަވެސް އަޅުގަނޑުމެން ވަދެ ބެލިއިރު ޖަލުތެރޭގައި އެކަކު ވެސް ނެތް.⁠“


ނަމަވެސް ޝާއުލް އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުން ނައްތާލުމަށް މަސައްކަތް ކުރިއެވެ. އޭނާ އެމީހުންގެ ގޭގެއަށް ގޮސް އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ގަދަ ބާރުދައްކާ އެމީހުން ޖަލަށް ލިއެވެ.


އޭނާ އުއްތަމަ އިމާމުގެ ކިބައިން އެދުނީ ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގެ ވެރިންނަށް ދެއްކުމަށްޓަކައި އުއްތަމަ އިމާމުގެ ފަރާތުން އޭގެން ކޮންމެ ތަނެއްގެ ވެރިއަކަށް ދޭނެ ސިޓީއަކަށެވެ. އެއީ އޭރުން އޭނާއަށް އީސާގެފާނު އެންގެވި މަގުން އުޅޭ އަންހެނަކަސް އަދި ފިރިހެނަކަސް ހައްޔަރުކޮށްގެން ޖެރޫސަލަމަށް ގެނައުމަށް ބާރު ހޯދުމަށްޓަކައެވެ.


އަހަރެން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުވެފައި މިވަނީ އީސާ އަލްމަސީޙުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނާއި ބެހޭ ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ދަރިކޮޅު ނޫން ފަރާތްތައް ކަމުގައިވާ ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން ގެންދާތީވެއެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.


އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ.


އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ