މަންދޫބުންގެ މަސައްކަތް 16:22 - ކިތާބުލް މުޤައްދަސާ22 އެތަނަށް އެއްވެފައިވާ މީސްތަކުން ވެސް ޕައުލް އާއި ސިލާހު ކުށްވެރިކުރުމުގައި ބައިވެރިވިއެވެ. ދެން މި އުއްތަމަ ފަނޑިޔާރުން ޕައުލް އާއި ސިލާހު ލައިގެން ތިބި ފޭރާންތައް ވީދާލާ އެމީހުން ގައިގައި އެއްތެލުން ތެޅުމަށް އެންގިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ޕައުލް އެ ސިފައިންނަށް ބުންޏެވެ. ”އަހަރެމެންނަކީ ރޯމުސަރުކާރުގެ ރައްޔިތުން. ނަމަވެސް ރޯމުސަރުކާރުގެ އުއްތަމަ ފަނޑިޔާރުން އަހަރެމެންނާއި މެދު އެއްވެސް ޝަރީޢަތެއް ނުކޮށް އަހަރެމެންގެ ގައިގައި އެންމެންގެ ކުރިމަތީގައި ހަންމުށި އެޅި. އަދި އަހަރެމެން ޖަލަށް ލި. މިހާރު އެމީހުން އެބުނަނީ މިއިން އެއްވެސް ކަމެއް ނުވާ ހެން އަހަރެމެން މަޑުމަޑުން ޖަލުން ނުކުމެގެންދާށޭ ތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނުވެވޭނެ. އަހަރެމެން ޖަލުން ނެރެން ޖެހޭނީ ރޯމުގެ ސަރުކާރުގެ ފަނޑިޔާރުން އައިސް.“
ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ.
ގަމަލީލުގެ މި ބަސްތަކަށް ބަނީއިސްރާއީލުގެ ވެރިން އެއްބަސްވިއެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އަނބުރާ އެތަނަށް ގެނެސް އެމީހުންގައިގައި ތެޅުމަށް ނިޔާކަނޑައެޅިއެވެ. އަދި ހަމަ އެވަގުތު ބައިތުލް މަޤްދިސްގެ ސިފައިން އެމީހުންގައިގައި ހަންމުށިއެޅިއެވެ. އެއަށް ފަހު ދެން ދުވަހަކު ވެސް އީސާގެފާނުގެ ނަމުގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށް އިންޒާރުކޮށްފައި އީސާގެފާނުގެ މަންދޫބުން ފޮނުވާލިއެވެ.
ތިޔަބައިމީހުންގެ ކައިރިއަށް އަހަރެމެން ދިއުމުގެ ކުރިން ފިލިއްޕީގައި އަހަރެމެން ނުހަނު ވޭނުގައިވިކަން ތިޔަބައިމީހުން ދަންނާނެއެވެ. އެ ރަށުގެ އަހުލުވެރިން އަހަރެމެން ބަދުނާމްކޮށް އަދި ގިނަބަޔަކު އަހަރެމެންނާއި ދެކޮޅުވެރި ވިއެވެ. އެމީހުން އެހެން ކަންތައް ކުރި ކަމުގައިވިޔަސް މާތްރަސްކަލާނގެ އަހަރެމެންނަށް އެކަލާނގެ ކިބަފުޅުން އައި ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އިއްވުމަށް ހިތްވަރު ދެއްވިއެވެ.