21 އަހަރެމެން ފަދަ ރޯމުގެ ސަރުކާރުގެ ދަށުގައިވާ މީހުން ކުރުން ހުއްދަ ނޫން ކަންތައްތައް ކުރުމަށް މިމީހުން މީހުންނަށް ކިޔާދީ ދަސްކޮށް ދެމުން އެބަ ގެންދޭ.“
ފަރީސީނުގެ ބަޔަކަށް މިތަންފެނި އީސާގެފާނަށް ދެންނެވިއެވެ. ”ނިކަންދެކެބަލަ! ކަލޭގެ އަސްޙާބީން ކުރަމުން އެ ގެންދަނީ ސަބަތުގެ ދުވަހުގައި ކުރުން މަނާ ކަންތައްތައް.“
އެ ރަށުން އެއްގަމު މަގުގައި ދަތުރުކޮށް އަހަރެމެން ދިޔައީ ފިލިއްޕީއަށެވެ. އެއީ މެސެޑޯނިޔާގެ ފުރަތަމަ ރަށެވެ. މި ރަށް ވަނީ ރޯމުގެ ސަރުކާރުގެ ދަށުގައެވެ. އަހަރެމެން ދުވަސްކޮޅަކު އެ ރަށުގައި މަޑު ކުރީމެވެ.
އެމީހުން އެތާނގައިވާ ރޯމު ސަރުކާރުގެ އުއްތަމަ ފަނޑިޔާރުންނަށް ބުންޏެވެ. ”މިމީހުންނަކީ ބަނީއިސްރާއީލު މީހުން. މިމީހުން އައިސް އަހަރެމެންގެ ރަށުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަނީ.
ކެތްތެރިކަމާއިއެކު އަޅުގަނޑު މިބުނާ ވާހަކަކޮޅު އަޑު އައްސަވާލަދެއްވާ. އެހެނީ ތިޔަބޭފުޅާއަކީ ބަނީއިސްރާއީލު މީހުންގެ އާދަކާދަތަކާ އަދި އެމީހުންގެ މެދުގައި ދީނުގެ ގަވާއިދުތަކާ މެދު ކުރެވޭ ބަހުސް ތަކާ ހަމަނުޖެހުންތައް ރަނގަޅަށް ދެނެވަޑައިގެންވާ ބޭފުޅެއް.