Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 16:18 - ކިތާބުލް މުޤައްދަސާ

18 މި ކުއްޖާ ކޮންމެ ދުވަހަކު އަހަރެމެންގެ ފަހަތުން މިހެން ގޮވަމުން ގޮސް ހެދިއެވެ. އެންމެ ފަހުން އެއް ދުވަހު ޕައުލް ކުޅަދާނަނުވެގެން އެ ކުއްޖާއާ ދިމާލަށް އެނބުރިފަ އެ ނުބައިރޫޙަށް ބުންޏެވެ. ”⁠ތިކުއްޖާގެ ގައިން ހަމަ މިހާރު ނުކުތުމަށް އީސާ އަލްމަސީޙުގެ ނަންފުޅުގައި އަހަރެން ކަލެއަށް އަމުރުކުރަން.⁠“ ހަމައެވަގުތު އެ ނުބައި ރޫޙު އެކުއްޖާގެ ހަށިގަނޑުގެ ތެރެއިން ނުކުމެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 16:18
12 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އަސްޙާބީން ދިޔަ ދޯނި ވަނީ އެއްގަމާއި ވަރަށް ދުރުގައެވެ. އަދި ދޯނި ރާޅާތަޅުވަމުން ވަޔާދެކޮޅަށް ދުއްވަމުން ދިޔައެވެ.


ތަފާތު ބަލި ޖެހިފައިވީ މީސްތަކުންގެ ބަލި ހެޔޮ ކުރައްވާ ޖިންނި މޮޔަވެފައިވީ މީހުން އެކަމުން ރަނގަޅު ކޮށްދެއްވިއެވެ. އެ ޖިންނިތަކަށް ވާހަކަ ދެއްކުމުގެ ހުއްދައެއް ލިބިގެން ނުވިއެވެ. ސަބަބަކީ އެ ތަކެއްޗަށް އެކަލޭގެފާނު އެނގިގެންވުމެވެ.


އީމާންތެރިވި ފަރާތްތަކަށް މުޢުޖިޒާތްތައް ދެއްކުމުގެ ކުޅަދާނަކަން ލިބިދޭނެ. އެފަދަ މީހުންނަށް ޖިންނީގެ އުނދަގޫތަކުން މީސްތަކުން ރަނގަޅު ކުރުމަށާއި ތަފާތު އެކިއެކި ބަސްތަކުން ވާހަކަ ދައްކުމުގެ ކުޅަދާނަކަން ލިބޭނެ.


އެއްދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ޖިންނި އަވަލާފައިވާ މީހުން ރަނގަޅު ކުރުމަށާއި ހުރިހާ ވައްތަރެއްގެ ބަލިން މީހުން ފަސޭހަ ކޮށްދިނުމުގެ ބާރާއި ހުއްދަ ދެއްވިއެވެ.


ޕަތަރަސް އޭނާއަށް ބުންޏެވެ. ”⁠އަހަރެންގެ އަތުގައި ކަލެއަށް ދޭނެ އެއްވެސް ލާރިއެއް ނެތް. އެކަމަކު އަހަރެންނަށް ދެވެން އޮތް އެއްޗެއް ކަލެއަށް އަހަރެން ދީފާނަން. ނާޒަރަތުގެ އީސާ އަލްމަސީޙުގެ ނަންފުޅުގެ ބާރުގައި ތެދުވެ ހިނގާ.⁠“


މިމީހާއަށް ޕަތަރަސް ބުންޏެވެ. ”⁠އޭ އޭނިޔާސް. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އީސާ އަލްމަސީޙު ކަލޭގެ ބަލި ހެޔޮކުރައްވައިފި. ތެދުވޭ. ތެދުވެ ކަލޭގެ ތަންމަތި ނަގާ އޮޅާލާ.⁠“ ޕަތަރަސް ހަމަ އެހެން ބުނުމާއި އެކު އޭނިޔާސް ކޮޅަށް ތެދުވިއެވެ.


އެ ސަލީބު މަތީ އޮންނަވާ ޝައިތާނީ ހުރިހާ އަމުރުތަކާއި ބާރުތަކެއް އެކަލޭގެފާނު ނައްތަވާލެއްވިއެވެ. އަދި އެންމެންގެ ކުރިމަތީގައި ނަސްރު ހޯއްދަވައި އެ ބާރުތައް ލަދުގަންވާލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ