Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 16:13 - ކިތާބުލް މުޤައްދަސާ

13 ޖެހިގެން އައި ސަބަތުގެ ދުވަހު އަހަރެމެން އެ ރަށުގެ ބޮޑު ދޮރާށިން ނުކުމެގެން ކޯރުގެ އައްސޭރިއަށް ދިޔައީމެވެ. އެއީ އެ ރަށުގައި އުޅޭ ބަނީއިސްރާއީލު މީހުން ދުޢާ ކުރުމަށް އަންނާނެ ތަނަކީ އެތަން ހެން އަހަރެމެންނަށް ހީވާތީއެވެ. އަހަރެމެން އެތާ އިށީނދެ އެތަނަށް އެއްވެފައިވާ އަންހެނުންގެ ބަޔަކާ ވާހަކަ ދެއްކީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 16:13
17 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވުމުގެ ސަބަބުން އެކަލޭގެފާނު ދޯންޏަކަށް އަރާ ވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ.


އަދި އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅާއި ބެހޭގޮތުން އިޢުލާން ކުރުމަށްޓަކައި ދޭ.


ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމުގެ ޚާއްސަ ދުވަސް ކަމުގައިވާ ސަބަތުގެ ދުވަހެއްގައި އެބައިމީހުން އަޅުކަން ކުރުމަށް އެއްވެ ތިބި ދީނީ މަރުކަޒެއްގެ ތެރޭގައި އީސާގެފާނު މީސްތަކުންނަށް ކިޔަވައި ދެއްވުމަށް އިންނެވިއެވެ.


އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނު އަނެއްކާވެސް ބައިތުލް މަޤްދިސްއަށް ވަޑައިގެންފިއެވެ. އެވަގުތު އެތައް ބައިވަރު ބަޔަކު އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ދެން އީސާގެފާނު އެތާނ އިށީނދެވަޑައިގެން އެމީސްތަކުންނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.


ބަރުނައްބާސް އާއި ޕައުލް އެމީހުންގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެމީހުން ޕެރުގާއިން އެއްގަމު މަގުން ދަތުރުކޮށް ޕިސީދިޔާގެ ރަށެއް ކަމުގައިވާ އަންތީޔޮކުއަށް ދިޔައެވެ. ސަބަތުގެ ދުވަހުގައި އެމީހުން އެރަށުގައިވާ ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ދީނީ މަރުކަޒަށް ގޮސް އެތަނުގައި އިށީނެވެ.


ޕައުލް އާއި ބަރުނައްބާސް އެ ދީނީ މަރުކަޒުން ދިއުމުގެ ކުރިން އެތާނގައި ތިބި މީސްތަކުން ޖެހިގެން އަންނަ ސަބަތުގެ ދުވަހުގައި ވެސް އެތަނަށް އައިސް މި ކަންތައްތަކާ ބެހޭ ގޮތުން އެމީހުންނަށް އިތުރަށް އަންގައިދީ ބުނެދިނުމަށް އެދުނެވެ.


އެއްދުވަހަކު އަހަރެމެން އާދަވެގެން ދުޢާ ކުރުމަށް ދާ ކޯރުގެ އައްސޭރިއަށް ދަނިކޮށް ނުބައި ރޫޙެއްގެ ބާރުގެ ދަށުވެފައި ވާ ޒުވާން އަންހެންކުއްޖަކާ ދިމާވިއެވެ. މިއަންހެން ކުއްޖާއަކީ އަޅުއަންހެން ކުއްޖެކެވެ. އަދި މި ކުއްޖާ ފާލުބަލައިގެން އޭނާގެ ވެރިންނަށް އެތައް ބައިވަރު ފައިސާއެއް ވެސް ހޯދާދެއެވެ.


ޕައުލް އާއި އޭނާގެ އެކުވެރިން ފަރީޖިޔާއާއި ގަލާތިޔާގެ ސަރަހައްދުގެ ތެރެއިން ދަތުރުކޮށް ދިޔައެވެ. އެއީ މާތްރޫޙުފުޅު އެމީހުންނަށް އޭޝިޔާގެ ހިސާބުތަކުގައި ދިންނެވުމުގެ ޚަބަރުފުޅު ދިނުމަށް ހުއްދަ ނުދެއްވުމުންނެވެ.


ޕައުލް އަބަދުވެސް ސަބަތުގެ ދުވަހު ކަންތައް ކުރާ އާދައިގެ މަތިން ޖެހިގެން އައި ސަބަތު ދުވަހު ވެސް އޭނާ އެ ދީނީ މަރުކަޒަށް ދިޔައެވެ. އަދި މި ގޮތުގެ މަތިން ތިން ސަބަތު އޭނާ އެތަނުގައި މީސްތަކުންނާއި ވާހަކަދައްކާ ހެދިއެވެ. ޕައުލް މާތްރަސްކަލާނގެ ބާވައިލެއްވިގެންވާ ފޮތްތަކުގެ ބައިތަކުން ކިޔާދީ މީސްތަކުންނަށް ބަޔާންކޮށް އަންގައިދިނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙަށް އަނިޔާލިބި މަރުވުމަށް ފަހު އަލުން ދިރުއްވޭނެ ކަމުގައެވެ. ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އަހަރެން ކަލޭމެން ގާތު އެބޭކަލެއްގެ ވާހަކަ މިބުނި އީސާގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި އަލްމަސީޙު.⁠“


އަދި ކޮންމެ ސަބަތުގެ ދުވަހެއްގައި ޕައުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމަށް ދާ ދީނީ މަރުކަޒުގައި ބަނީއިސްރާއީލު މީހުންނާއި އަދި އެހެން މީހުންނާއި ވެސް މާތްރަސްކަލާނގެ އާއި މެދު ވާހަކަދައްކާ އެމީހުން އެކަލާނގެ މަގަށް އެނބުރުމަށް މަސައްކަތް ކުރިއެވެ.


އަހަރެމެން މާތްސާހިބާ އީސާގެފާނުގެ މަތިން ހަނދުމަކުރުމަށްޓަކާ ކާކެއުން ކެއުމަށް އާދީއްތަ ވިލޭރޭ ބައްދަލުވީމެވެ. އެ ބައްދަލުވުމުގައި ޕައުލް އެންމެންނާ މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އަދި އޭނާ އަނެއްދުވަހު ފުރާތީ އާއިއެކު މެންދަން ވަންދެން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.


ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ.


ދެން ހަމަ ވަރަށް އަވަހަށް ޝާއުލް ބަނީއިސްރާއީލު މީހުން އަޅުކަން ކުރާ ތަންތަނަށް ގޮސް އެތަންތާގައި އީސާގެފާނުގެ ބަސްފުޅުތައް އަންގައިދޭން ފަށައިފިއެވެ. އޭނާ ބުނަމުން ދިޔައެވެ. ”⁠އާއެކޭ. އީސާގެފާނަކީ ހަމަކަށަވަރުން ވެސް މާތްރަސްކަލާނގެ ދަރިކަލުން.⁠“


ކަލޭމެންނަކީ ބަނީއިސްރާއީލުންގެ މީހަކަސް ނުވަތަ ބަނީއިސްރާއީލު ނޫން މީހަކަސް، ނޫނީ މީހެއްގެ އަޅަކަސް ނުވަތަ މިނިވަނަކަސް، ނުވަތަ އަންހެނަކަސް ފިރިހެނަކަސް، ކަލޭމެން އެންމެންނަކީ ވެސް ހަމަހަމަ އެއްވަރު ބަޔަކަށްވެ އެކައްޗަކަށް ވެފައި ތިޔަވަނީ އީސާގެފާނަށް އީމާންވެ ތިބީމައެވެ.


އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ