މަންދޫބުންގެ މަސައްކަތް 16:10 - ކިތާބުލް މުޤައްދަސާ10 ހަމަ ޕައުލްއަށް މި ފަދައިން ފެނުމާއިއެކު އަހަރެމެން މެސެޑޯނިޔާގެ ސަރަހައްދަށް ދިއުމަށް ތައްޔާރު ވީމެވެ. އެއީ އަހަރެމެން ގަސްތު ކުރި ގޮތުގައި މާތްރަސްކަލާނގެ އެދިވޮޑިގެން ވަނީ ހެޔޮޚަބަރުފުޅު ދިނުމަށް އަހަރެމެން އެ ރަށަށް ދިއުމަށެވެ. အခန်းကိုကြည့်ပါ။ |
އިއްޒަތްތެރި ރަސްގެފާނު. އެ ރަށަށް ދިޔަ މަގުމަތީ އެއްދުވަހަކު މެންދުރު ވަގުތު އުޑުން އައި ވަރަށް ގަދަ އައްޔެއް އަޅުގަނޑު ދުށިން. އެއަލި އިރުގެ އައްޔަށް ވުރެ ވެސް ގަދަވެގެންވި. އެއަލި އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ. އަދި އަޅުގަނޑާއި އެކު ދަތުރު ކުރި އެހެން މީހުންގެ ވަށައިގެން ވެސް އެއަލި ވިދައިގެން ދިޔަ.
ދިމިޝްޤުގައި އަނާނިޔާހު އޭ ކިޔުނު އީސާގެފާނަށް އީމާންވެ އެކަލޭގެފާނުގެ ބަސްފުޅުތަކާއި އެއްގޮތަށް އަމަލު ކުރާ މީހަކު އުޅުނެވެ. މާތްސާހިބާ އަނާނިޔާހުއަށް ހޭލާހުރެ ފެނުނު ހުވަފެނެއްގެ ފަދައިން ދައްކަވާ އެންގެވިއެވެ. ”އަނާނިޔާހު.“ އަނާނިޔާހު ޖަވާބުގައި ދެންނެވިއެވެ. ”އާދެ މާތްސާހިބާ މިއީ އަޅުގަނޑު.“