Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:7 - ކިތާބުލް މުޤައްދަސާ

7 އެތައް އިރަކު މި ކަމާއި ބެހޭ ގޮތުން އެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. ދެން ޕަތަރަސް ތެދުވެ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދެއްކިއެވެ. އޭނާ ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، ތިޔަބައިމީހުންނަށް ވެސް އެނގޭނެ ފަދައިން އެންމެ ކުރީކޮޅުން ފެށިގެން މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ނޫން އެހެންމީހުންނަށް ހެޔޮޚަބަރުފުޅު ދެއްވުމަށް ތިޔަބައިމީހުންގެ ތެރެއިން އަހަރެން ހޮއްވެވި. އަދި އެބައިމީހުންނަށް އަހަރެން އެ ޚަބަރުފުޅު ދިނިން. އެ ޚަބަރުފުޅުގެ އަޑުއަހާ އެމީހުން އީމާންވި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:7
25 ပူးပေါင်းရင်းမြစ်များ  

މިހާރު ދޭ! ކަލޭ ވާހަކަ ދައްކާއިރު އަހަރެން ކަލެއާ އެކުގައި ވާނަން. ކަލޭ ބުނަންވީ ބަސްތައް އަހަރެން ބުނެދޭނަން.⁠“


ކަލޭމެން އަހަރެން ޚިޔާރެއް ނުކުރޭ. ކަލޭމެން ޚިޔާރު ކުރީ އަހަރެން. އަބަދުގެ އަބަދަށް ދެމިހުންނަ ފަދަ މޭވާ ލިބޭނެ މަސައްކަތް ކުރުމަށް ކަލޭމެން ޚިޔާރު ކޮށް ފޮނުވީ އަހަރެން. އެއީ އޭރުން ކަލޭމެން އަހަރެންގެ ނަމުގައި އެދުނު ކޮންމެ ކަމެއް ވެސް އަހަރެންގެ ބައްޕާފުޅު ކަލޭމެންނަށް ފުއްދަވާ ދެއްވާނެ.


ޔަޙުޔާގެފާނު އެމީހުންނަށް ވިދާޅުވިއެވެ ”⁠މާތްރަސްކަލާނގެ ނުދެއްވާނަމަ އެކަކަށް ވެސް އެކައްޗެއް ވެސް ނުލިބޭނެ.


”⁠އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.⁠“


ދެން އެމީހުން މި ފަދައިން ދުޢާ ކުރިއެވެ. ”⁠މާތް ސާހިބާ! ތިޔައީ އެންމެންގެ ހިތުގެ އަޑި ދެނެވޮޑިގެންވާ ފަރާތް. މި ދެމީހުންގެ ތެރެއިން މާތް ސާހިބާ ހޮއްވެވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.


ޕަތަރަސް އޭނާއަށް ފެނިދިޔަ ކަންތަކާ މެދު ވިސްނަމުން ދަނިކޮށް މާތްރޫޙުފުޅު އޭނާއަށް އެންގެވިއެވެ. ”⁠ކަލޭ ހޯދަން އައިސް ތިބި ތިން މީހުން ބޭރުގަ އެބަތިބި.


ތެދުވެގެން އަވަހަށް ތިރިއަށް ދޭ. އަދި އެމީހުންނާއި އެކު އެމީހުން ބުނިތާކަށް ދޭ. ބިރުގަނެ ޖެހިލުން ނުވޭ. އެމީހުން އެ އައީ އަހަރެން ފޮނުވީމަ.⁠“


މިމީހުން މާތްރަސްކަލާނގެ ކިބައަށް ހަމްދާ ސަނާކިޔާ ރޯދަހިފާ ހަދަމުން ގެންދިޔަ ދުވަސްތަކުގެ ތެރެއިން ދުވަހަކު މާތްރަސްކަލާނގެ މާތްރޫޙުފުޅު އެމީހުންނަށް އެންގެވިއެވެ. ”⁠ތިމަންކަލާނގެއަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން ބަރުނައްބާސް އާއި ޝާއުލް އެއްކިބާކޮށް ހޮވާ. އެއީ ތިމަންކަލާނގެ އެމީހުން ކުރުމަށް ކަނޑައަޅާ ޚާއްސަކޮށްފައިވާ ކަންތައްތައް ކުރުމަށްޓަކައި.⁠“


ސިމިޔާނު ޕަތަރަސް ހަމަދެންމެ އަހަރެމެންނަށް އެ ކިޔާ ދިނީ އެންމެ ފުރަތަމަ ފަހަރު މާތްރަސްކަލާނގެ އެކަލާނގެ ލޯބިފުޅު ބަނީއިސްރާއީލު މީހުން ނޫން އެހެން މީހުންނަށް ދައްކަވާ، އެމީހުން ވެސް އެއީ އެކަލާނގެ މީސްތަކުންގެ ތެރެއިން ވާ ބަޔަކު ކަމުގައި ލެއްވި ގޮތުގެ ވާހަކަ. އެންމެފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންގެ ތެރެއިން ބަޔަކު އެކަލާނގެ މީސްތަކުންގެ ގޮތުގައި އެކަލާނގެ ހޮއްވަވައިފި.


ނަމަވެސް ޕައުލް އާއި ބަރުނައްބާސް މި ކަމާއި މުޅިން ދެކޮޅުހަދާ އެމީހުންނާ ބަހުސް ކުރިއެވެ. ދެން އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުން ނިންމީ ޕައުލް އާއި ބަރުނައްބާސް އާއި އަދި އެހެން ވެސް އިތުރު ބަޔަކާ ޖެރޫސަލަމަށް ފޮނުވުމަށެވެ. އެއީ އެމީހުން އީސާގެފާނުގެ މަންދޫބުންނާއި އަދި ޖެރޫސަލަމުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންނާ މި ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަދެއްކުމަށްޓަކައެވެ.


ނަމަވެސް މި ކަމުގައި ޕައުލް އާއި ބަރުނައްބާސް އާއި ދެމެދުގައި ވަރަށް ބޮޑު ދެބަސްވުމެއް ހިނގިއެވެ. އެކަމުގެ ސަބަބުން އެދެމީހުން ވަކި ވެ ދެމީހުން ދެ މަގުން ދިޔައެވެ. ދެން ބަރުނައްބާސް މަރުކުސް އާއި އެކު އޮޑިއެއްގައި ސައިޕުރަސް އަށް ދަތުރުކުރިއެވެ.


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


ކައިސަރިޔާގެ އީސާގެފާނަށް އީމާންވެގެން ތިބި ބައެއް މީހުން ވެސް އަހަރެމެންނާއި އެކު ޖެރޫސަލަމަށް ދިޔައެވެ. އެމީހުން އަހަރެމެން ގެންދިޔައީ މުނާސަންގެ ގެއަށެވެ. މި މުނާސަން އަކީ ސައިޕުރަސްގެ މީހެކެވެ. މީނާ ވެސް މިއީ އެންމެ ކުރިން ފެށިގެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންގެ މީހެކެވެ.


މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ އަލްމަސީޙު އަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަ ވާނެ ކަން އެކަލާނގެ ވަނީ ހުރިހާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާކުރިންސުރެ ވެސް އަންގަވާފަ. މިހާރު މި ކަންތައްތައް ވެ އެ ދިޔައީ އެކަލާނގެ އަންގަވައިފައިވީ ގޮތުގެ މަތިން.


އިނބަރަސްކަލާނގެ މާތްރޫޙުފުޅު މެދުވެރިކުރައްވާ އަޅަމެންގެ ކާބަފައިކަލުން އަދި އިނބަރަސްކަލާނގެ ޚާދިމު ދާއޫދުގެފާނަށް މި ފަދައިން ވިދާޅުވުމަށް އިނބަރަސްކަލާނގެ އެންގެވި. ’⁠ދުނިޔޭގެ އެކިއެކި ޤައުމުތައް އިދިކޮޅު ވެ ރުޅިވެރި ވަނީ ކީއްވެހޭ؟ މީސްތަކުން ބޭނުންނެއް ކަންތައްތައް ރާވަނީ ކީއްވެހޭ؟


ނަމަވެސް މާތްސާހިބާ އަނާނިޔާހު އަށް މި ފަދައިން ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދާށޭ. ޝާއުލް އަކީ ތިމަން ކަލޭގެފާނުގެ ބަސްފުޅު ބަނީއިސްރާއީލު މީހުން ނޫން މީހުންނަށާ، އެމީހުންގެ ރަސްރަސްކަލުންނަށާ، އަދި އިސްރާއީލުގެ އެންމެންނަށް ވެސް އެންގުމަށްޓަކައި ތިމަންކަލޭގެފާނު ޢައްޔަން ކުރާނެ މީހާ.


ކުރާ ކޮންމެ ކަމެއް ކުރުމުގައި ޝަކުވާއާއި ދެބަސްވުންތަކުން އެކަހެރިވެ ތިބެ ކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ