Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:41 - ކިތާބުލް މުޤައްދަސާ

41 ދެން ޕައުލް ސިލާހު އާއިއެކު ސޫރިޔާ އާއި ސިލީސިޔާގެ ހިސާބުތަކުގައި ދަތުރުކޮށް އެތަންތާގައި ހުރި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކަށް ހިތްވަރު ދީ ބާރުދެމުން ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:41
8 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


ބަރުސައްބާސް އާއި ސިލާހު އަކީ ދެ ނަބީބޭކަލުން ވެސްމެއެވެ. އެހެން ކަމުން އެމީހުން އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް ހިތްވަރާއި ބާރު ލިބޭނެ ފަދަ ބަސްތަކުން އެމީހުންނާއި ވަރަށް ގިނައިރު ވާހަކަދައްކާ ހެދިއެވެ.


އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.


އަހަރެމެން ސައިޕުރަސްއާއި ވަރަށް ކައިރިން އެރަށް ފެންނަ ހިސާބުން ދަތުރުކޮށް ދިޔައީމެވެ. އެދިމާލުން އަހަރެމެން ދެކުނަށް މިޞްރާބު ޖަހާ ދަތުރުކޮށް ދިޔައީ ސޫރިޔާއަށެވެ. ދެން އެއޮޑި ގޮސް ލެފީ ސޫރިޔާގެ ރަށެއް ކަމުގައިވާ ޞޫރު އަށެވެ. އެއީ މި އޮޑިއަކީ އެ ރަށަށް މުދާ ހިފައިގެން ދިޔަ އޮޑިކެވެ.


ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”⁠މިނިވަން ފިރިހެނުން⁠“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.


ދެން އެއަށް ފަހު އަހަރެން ދިޔައީ ސޫރިޔާއާއި ސިލީސިޔާގެ ސަރަހައްދަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ