މަންދޫބުންގެ މަސައްކަތް 15:40 - ކިތާބުލް މުޤައްދަސާ40 ދެން ޕައުލް ސިލާހު އޭނާއާއި އެކު ގެން ދިއުމަށް ނިންމާ އޭނާގެ ދަތުރުގައި ކުރިއަށް ދިޔައެވެ. އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުން ޕައުލް މާތްރަސްކަލާނގެ ބެއްލެވުމުގެ ދަށަށް ދޫކޮށް ހަވާލު ކުރެއްވިއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)