މަންދޫބުންގެ މަސައްކަތް 15:39 - ކިތާބުލް މުޤައްދަސާ39 ނަމަވެސް މި ކަމުގައި ޕައުލް އާއި ބަރުނައްބާސް އާއި ދެމެދުގައި ވަރަށް ބޮޑު ދެބަސްވުމެއް ހިނގިއެވެ. އެކަމުގެ ސަބަބުން އެދެމީހުން ވަކި ވެ ދެމީހުން ދެ މަގުން ދިޔައެވެ. ދެން ބަރުނައްބާސް މަރުކުސް އާއި އެކު އޮޑިއެއްގައި ސައިޕުރަސް އަށް ދަތުރުކުރިއެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް ޕައުލް އާއި ބަރުނައްބާސް މި ކަމާއި މުޅިން ދެކޮޅުހަދާ އެމީހުންނާ ބަހުސް ކުރިއެވެ. ދެން އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުން ނިންމީ ޕައުލް އާއި ބަރުނައްބާސް އާއި އަދި އެހެން ވެސް އިތުރު ބަޔަކާ ޖެރޫސަލަމަށް ފޮނުވުމަށެވެ. އެއީ އެމީހުން އީސާގެފާނުގެ މަންދޫބުންނާއި އަދި ޖެރޫސަލަމުގެ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންނާ މި ކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަދެއްކުމަށްޓަކައެވެ.
އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.
އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގެވި މަގުން އުޅެމުން ގެންދާ ބަނީއިސްރާއީލު މީހުންގެ އަދަދު ދުވަހުން ދުވަހަކަށް ގިނަވަމުން ދިޔައެވެ. އަދި މިހެން އީސާގެފާނަށް އީމާންވާ މީހުންގެ އަދަދު ގިނަވަމުން ދިޔަ ހިނދު އެމީހުންގެ ތެރޭގައިވާ ގުރީކު ބަހުން ވާހަކަ ދައްކާ މީހުން ޢިބްރާނީ ބަހުން ވާހަކަ ދައްކާ މީހުންނާއި މެދު ޝަކުވާއެއް ކޮށް، އެމީހުންގެ ތެރޭގައި ދެބަސްވުމެއް ވެސް އުފެދުނެވެ. އެމީހުންގެ ޝަކުވާއަކީ ކޮންމެ ދުވަހަކު ވެސް ކާއެއްޗެހި ބަހާ އިރު ގުރީކު މީހުންގެ ތެރޭ ފިރިމަރުވެފައިވާ ހުވަފަތް އަންހެނުންނަށް ލިބޭ ބައި ޢިބްރާނީ މީހުންގެ ތެރޭގައި ވާ ހުވަފަތް އަންހެނުންނަށް ލިބޭ ބަޔަށް ވުރެ ކުޑަކަމުގެ ޝަކުވާއެވެ.
އަހަރެންނާއި އެކުގައި ޖަލުގައި ހައްޔަރު ކުރެވިފައިވީ އަރިސްތާރުކު ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އަދި ބަރުނައްބާސްގެ ދެބެއިންގެދެދަރި މަރުކުސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައިދިނުމަށް އަހަރެންގެ ކިބައިން އެދުނެވެ. ތިޔަބައިމީހުންނަށް ވާނީ މި މަރުކުސް އާމެދު ކަންތައް ކުރާނެގޮތް ބުނެދީފައެވެ. އޭނާއަށް ތިޔަބައިމީހުންގެ ގާތަށް ދެވިއްޖެނަމަ އޭނާއަށް މަރުޙަބާ ކިޔާށެވެ.