މަންދޫބުންގެ މަސައްކަތް 15:33 - ކިތާބުލް މުޤައްދަސާ33 ދެން ދުވަސްކޮޅަކަށް ފަހު ބަރުސައްބާސް އާއި ސިލާހު އެނބުރި ޖެރޫސަލަމަށް އެމީހުން ފޮނުވި މީހުންގެ ކަރިއަށް ދިޔައެވެ. އެމީހުން ދިޔައީ އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ އެންމެންގެ ހެޔޮއެދުން ލިބިގެންނެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)