Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:32 - ކިތާބުލް މުޤައްދަސާ

32 ބަރުސައްބާސް އާއި ސިލާހު އަކީ ދެ ނަބީބޭކަލުން ވެސްމެއެވެ. އެހެން ކަމުން އެމީހުން އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް ހިތްވަރާއި ބާރު ލިބޭނެ ފަދަ ބަސްތަކުން އެމީހުންނާއި ވަރަށް ގިނައިރު ވާހަކަދައްކާ ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:32
39 ပူးပေါင်းရင်းမြစ်များ  

އެހެންވެ އަހަރެން ކަލޭމެންގެ ކައިރިއަށް ނަބީބޭކަލުންނާއި، ޙިކުމަތްތެރިންނާއި އަދި ދީނުގެ ދަންނަބޭކަލުން ފޮނުއްވާނަން. އޭގެތެރެއިން ބައެއް ބޭކަލުން ކަލޭމެން ގަތުލުކޮށް އަދި ސަލީބަށް އަރުވާނެ. އަދި އަނެއްބައި ބޭކަލުންގެ ގައިގާ ކަލޭމެންގެ ދީނީ މަރުކަޒުތަކުގައި ހަންމުށިން ތަޅާނެ. އަދި އެމީހުން އެއްސަހަރުން އަނެއް ސަހަރަށް ފައްސާނެ.


އެހެންކަމުން ޙިކުމަތްތެރި އެއްކައުވަންތަ މާތްރަސްކަލާނގެ ވަޙީކުރެއްވި. ’⁠ތިމަންކަލާނގެ ތިމަންކަލާނގެ މީހުން ގާތަށް ނަބީންނާއި މަންދޫބުން ފޮނުއްވާނަމޭ. މީސްތަކުން މީގެތެރެއިން އެއްބަޔަކު ގަތުލުކުރާނެއޭ. އަދި މީގެތެރެއިން އަނެއްބަޔަކަށް މީސްތަކުންގެ ކިބައިން ތަފާތު އަނިޔާތައް ލިބޭނެއޭ.⁠‘


ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ.


އެދުވަސްވަރު މާތްރަސްކަލާނގެ އެންގެވި ވަޙީގެ ބަސްފުޅެއް ހާމަކޮށް އެންގެވުމަށް ޖެރޫސަލަމުން ނަބީންގެ ބަޔަކު އަންތީޔޮކުއަށް އައެވެ.


އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.


އެ ރަށްރަށުގައި އެމީހުން އީސާގެފާނަށް އީމާންވެގެން ތިބި މީސްތަކުންނަށް ހިތްވަރު ދީ އީމާންކަން މަތީ ދެމިތިބުމަށް ގޮވާލިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅުގެ ބާރު ފުރިހަމަ ގޮތުގައި ހިނގާނެ ދުވަހުގެ ކުރިން އަހަރެމެންނަށް ވަރަށް ގިނަ އަނިޔާ ތަކާ ކުރިމަތިލާން ޖެހޭނެއޭ.⁠“


ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”⁠މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.⁠“


ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)


އެމީހުންނާއި އެކު މި ފޮނުވާ އަނެއް ދެ މީހުންނަކީ ބަރުސައްބާސް އާއި ސިލާހު އެވެ. އެދެމީހުން އަހަރެމެން މި ސިޓީގައި ލިޔެފައި މިވާ ބަސްތައް އަނގަ ބަހުން ތިޔަ އެންމެންގެ ގާތުގައި ކިޔާދޭނެއެވެ.


އީސާގެފާނުގެ ޖަމާޢަތުގެ މީހުން މި ވަފުދު ޖެރޫސަލަމަށް ފޮނުވުމުގެ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާދިނެވެ. މިމީހުން ފެނީސިޔާއާއި ސަމީރިއްޔާގެ ތެރެއިން ދަތުރުކޮށް ދިޔަމަގުމަތީ ބަނީއިސްރާއީލު މީހުން ނޫން މީހުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަމުން ދާ ކަމުގެ ޚަބަރުތައް ދެމުން ދިޔައެވެ. މި ޚަބަރު ލިބުމުން އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ހިތްތައް އުފަލުން ފުރުނެވެ.


މި ސިޓީ ކިޔުމަށް ފަހު އެންމެންގެ ހިތުގައި އުފާވެރިކަން އުފެދުނެވެ. އެއީ އެ ސިޓީގައިވާ ހިތްވަރު ލިބޭ ފަދަ ބަސްތަކާއި ޚަބަރުގެ ސަބަބުންނެވެ.


ދެން ޕައުލް ސިލާހު އާއިއެކު ސޫރިޔާ އާއި ސިލީސިޔާގެ ހިސާބުތަކުގައި ދަތުރުކޮށް އެތަންތާގައި ހުރި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކަށް ހިތްވަރު ދީ ބާރުދެމުން ގެންދިޔައެވެ.


އެ ރަށުގައި ދުވަސްކޮޅަކު މަޑު ކުރުމަށް ފަހު ޕައުލް ގަލާތިޔާއާއި ފަރީޖިޔާގެ ސަރަހައްދުގެ ތެރެއިން ލާފައި ދަތުރުކޮށް އެ ސަރަހައްދުގެ ރަށްތަކުގައިވާ އީސާގެފާނަށް އީމާންވެގެންވީ މީހުންނަށް ހިތްވަރު ދެމުން ގެންދިޔައެވެ.


ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”⁠ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.⁠“


އޭނާ އެ ރަށަށް ދަތުރުކޮށް ދިޔަ މަގު މަތީގައި ވީ ރަށްރަށުގައި ވީ އީމާންވެގެންވީ މީހުންނާ ވެސް ޕައުލް ހިތްވަރު ދިނުމުގެ ބަސްތަކުން ވާހަކަދައްކަމުން ދިޔައެވެ. ދެން އެންމެފަހުން އޭނާ ދިޔައީ ގުރީސްއަށެވެ.


މާޒީގައި ވީ ޖީލުތަކަށް މިސިއްރު މާތްރަސްކަލާނގެ ހާމަ ނުކުރައްވައެވެ. ނަމަވެސް މިއަދު އެކަލާނގެ މާތްރޫޙުފުޅު މެދުވެރި ކުރައްވާ އެކަލާނގެ މަންދޫބުންނާއި ނަބީންނަށް މި ސިއްރު ހާމަކޮށްދެއްވިއެވެ.


ތިޔަބައިމީހުންނަށް އެނގޭނޭ ފަދައިން ތިޔަބައިމީހުންނާއިމެދު އަހަރެމެން ހިތިހިތުމަކީ ބަފަޔަކު އެމީހެއްގެ އަމިއްލަ ދަރިންނާއި މެދުގައި ހިތާހިތުން ފަދައިންނެވެ.


އޭނާއަކީ އަހަރެމެންނާއި އެކު އެހީތެރިއެއްގެ ގޮތުގައި މާތްރަސްކަލާނގެއަށްޓަކައި ޚިދުމަތްކުރުމުގައިވާ އަޚެކެވެ. އަދި އޭނާ އަލްމަސީޙާ ބެހޭ ހެޔޮޚަބަރުފުޅު މީސްތަކުންނަށް ބުނެދިނުމެވެ. އަހަރެމެން އޭނާ ތިޔަބައިމީހުންގެ ކައިރިއަށް މި ފޮނުވަނީ ތިޔަބައިމީހުންގެ ކިބައިގައި ވީ އީމާންތެރިކަން ވަރުގަދަ ކޮށްދީ އަދި ތިޔަބައިމީހުންނަށް ހިތްވަރު ދިނުމަށެވެ.


އަޚުންނާއި އުޚުތުންނޭވެ! އަހަރެމެން ތިޔަބައިމީހުންނަށް އުނގަންނައިދިނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ ޙަޔާތެއް ވޭތު ކުރާނޭ ގޮތަކާ މެދުގައެވެ. އަދި ތިޔަބައިމީހުން ޙަޔާތް ވޭތުކުރަމުން ތިޔަ ގެންދަނީ އެފަދައިން ވެސްމެއެވެ. މިހާރު އަހަރެމެން ތިޔަބައިމީހުންގެ ގާތު އާދޭހާއެކު މިއެދެނީ މާތްސާހިބާ އީސާގެފާނުގެ ކިބައިން ހިތްވަރު ލިބި ތިޔަގޮތުގައި އިތުރަށް ކުރިއަށް ދިއުމަށެވެ.


އަޚުންނާއި އުޚުތުންނޭވެ! ކަންނެތް ކަމުގައި ތިބި މީސްތަކުންނަށް އިންޒާރު ދިނުމަށް ތިޔަބައިމީހުންނަށް އާދޭސްކޮށް އަހަރެން ބުނަމެވެ. ބިރުވެތި ކަމުގައި ތިބި ފަރާތްތަކަށް ހިތްވަރު ދޭށެވެ. ބަލިކަށި ފަރާތްތަކާއިމެދު އަޅާލުން ބަހައްޓައި އެހީތެރިވެ ދޭށެވެ. ހުރިހާ އެންމެންނާއި މެދު ކެތްތެރިވާށެވެ.


ޣައިބުގެ ބަސްތަކުން އެނގޭ ކަންކަމަކީ މުހިންމު ކަމެއް ނޫން ކަމުގައި ނުދެކޭށެވެ.


ވީމާ، އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙަށްޓަކައި ތިޔަބައިމީހުންގެ ކައިރީގައި އާދޭސްކޮށް ބުނަމެވެ. މިފަދަ މީހުން ރަނގަޅަށް ހަމަޖެހި ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާށެވެ.


ފުރަތަމައިނުން ވެސް އަހަރެން ތިޔަބައިމީހުންނަށް ބާރުއަޅަނީ އެ އެންމެންނަށްޓަކައި ދުޢާ ދަންނަވައި އެކަމަށް އެދި އެމީހުންނަށްޓަކައި އާދޭސްދެންނެވުމުގައި މެދުވެރިވެދީ އެކަލާނގެއަށް ޝުކުރު ދަންނަވައި ދިނުމެވެ.


މާތްރަސްކަލާނގެ ބަސްފުޅުން މީސްތަކުންނަށް ޚުތުބާ އިއްވާށެވެ. ވަގުތާއި ޙާލަތުގައި ހިތްހަމަޖެހިގެން ވިޔަސް ނުވިޔަސް މިގޮތުގައި ދެމިހުރުމަށެވެ. ތިބާގެ އުނގަންނައި ދިނުމުގައި މަޑުމައިތިރި ކަމާއެކު ނަސޭހަތްދީ އިސްލާޙުކޮށް އަދި ހިތްވަރު ދިނުމަށެވެ.


އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.


ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރު ދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ.


އަހަރެންގެ މި ކުރު ސިޓީ ތިޔަބައިމީހުންނަށް ލިޔެފައި މިވަނީ އަހަރެންގެ ވަފާތެރި އަޚު ސިލާހުގެ އެހީތެރި ކަމާއެކުގައެވެ. އަދި އަހަރެން މިސިޓީ ތިޔަބައިމީހުންނަށް ލިޔުމުގެ އެންމެ ބޮޑު މަގުސަދަކީ މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާއި އެކުގައި ވާކަން ތިޔަބައިމީހުންނަށް ޔަޤީންކޮށްދީ ހިތްވަރު ދިނުމެވެ. މިގޮތުގެ މަތީގައި ތިޔަބައިމީހުން ފައިތިލަ ސާބިތުކޮށް ތިބޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ