Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 15:31 - ކިތާބުލް މުޤައްދަސާ

31 މި ސިޓީ ކިޔުމަށް ފަހު އެންމެންގެ ހިތުގައި އުފާވެރިކަން އުފެދުނެވެ. އެއީ އެ ސިޓީގައިވާ ހިތްވަރު ލިބޭ ފަދަ ބަސްތަކާއި ޚަބަރުގެ ސަބަބުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 15:31
8 ပူးပေါင်းရင်းမြစ်များ  

ޕައުލް އާއި ބަރުނައްބާސް އަންތީޔޮކުގައި ވަނިކޮށް ޖުދެއާއިން ބަނީއިސްރާއީލުގެ އީސާގެފާނަށް އީމާންވެގެންވީ ބަޔަކު އެ ރަށަށް އައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގާތުގައި މިމީހުން ބުންޏެވެ. ”⁠މޫސާގެފާނަށް މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ޚިތާނު ނުކުރެވޭ މީހުންނަކަށް ދިންނެވުމެއް ނުލިބޭނެ.⁠“


މި ފަދައިން ކަންތައް ހުރި އިރު މިހާރު އަނެއްކާ ތިޔަބައިމީހުން ބަނީއިސްރާއީލު މީހުން ނޫން އެހެން އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ކަރުގައި މި ފަދަ ބަރުދަނެއް އަޅުވާ މާތްރަސްކަލާނގެ ކޯފާ ލިބިގަތުމަށް ތިޔަ އުޅެނީ އަޅެ ކީއްވެ؟ ތިޔަ ބަރުދަނަކީ އަހަރެމެންގެ ކާބަފައިންނަށް ވެސް އަދި އަހަރެމެންނަށް ވެސް އުފުލިފައި ނުވާ ބަރުދަނެއް ނޫންތަ؟


ދެން އެމީހުން ޖެރޫސަލަމުން ފުރައިގެން އަންތީޔޮކުއަށް ގޮސް އީސާގެފާނު ގަބޫލު ކުރާ މީހުންގެ ޖަމާޢަތުގެ އެންމެން އެއްކޮށް އެ ސިޓީ އެމީހުންނާއި ހަވާލު ކުރިއެވެ.


ބަރުސައްބާސް އާއި ސިލާހު އަކީ ދެ ނަބީބޭކަލުން ވެސްމެއެވެ. އެހެން ކަމުން އެމީހުން އީސާގެފާނު ގަބޫލުކޮށްގެން ތިބި މީހުންގެ ޖަމާޢަތުގެ މީހުންނަށް ހިތްވަރާއި ބާރު ލިބޭނެ ފަދަ ބަސްތަކުން އެމީހުންނާއި ވަރަށް ގިނައިރު ވާހަކަދައްކާ ހެދިއެވެ.


މި ކަމުގެ ސަބަބުން އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކުގެ އެންމެންގެ އީމާންކަން ވަރުގަދަވެ އަދި އެބައިމީހުންގެ އަދަދު ގިނަވަމުން ދިޔައެވެ.


އީސާ އަލްމަސީޙު އަހަރެމެން މިނިވަން ކުރައްވައިފިއެވެ. ވީމާ އެނބުރި އަނެއްކާ އަމުރުފުޅުތަކާއި ގަވާއިދުތަކުގެ މަޅީގައިޖެހި އަޅުވެތި ނުވެ މިނިވަންކަން މަތީ ތިބޭށެވެ.


އެކަމަކު އަހަރެމެންނަކީ އަސްލު ގޮތުގައި ޚިތާނު ކުރެވިފައިވާ ބައެކެވެ. ސަބަބަކީ އަހަރެމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަނީ އެކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. އަދި އަލްމަސީޙު އީސާގެފާނު ކުރެއްވި ކަންތަކަށްޓަކައި އަހަރެމެން ފަޚުރުވެރިވަމެވެ. އަހަރެމެންގެ ނަފްސުތަކާމެދަކު އަހަރެމެންގެ އިތުބާރެއް ނުވާ ޙާލުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ